ދިވެހިރާއްޖެ
ނަންބަރު (IUL)93-A/1/2024/20 އިޢުލާނުގެ ޝަރުޠުގައި ހިމަނަންޖެހޭ ބައެއް ހިމެނިފައިނުވާތީ އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އިޢުލާން ކުރުން. |
|
މަޤާމު: |
އެސިސްޓެންޓް މީޓީއޮލޮރޮލޮޖިކަލް އިންޖިނިއަރ |
މަޤާމުގެ ނަންބަރު: |
J-273141 |
ބޭނުންވާ އަދަދު: |
1 |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކު: |
ސީ އެސް 3-10 (ގްރޭޑް 3) |
މަޤާމުގެ ކްލެސިފިކޭޝަން: |
މީޓިއޮރޮލޮޖިސްޓް، ކްލައިމެޓޮލޮޖިސްޓް،އެންޑް ސިސްމޮލޮޖިސްޓް |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް، ހުޅުލެ |
މުސާރަ: |
12،680.00ރ |
ސަރވިސް އެލަވަންސް: |
5،640.00ރ |
ސްޕެޝަލްޑިއުޓީ އެލަވަންސް: |
4،438.00ރ |
އެހެނިހެން އެލަވަންސް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1 އިސްވެރިންގެ ލަފައާއި މަޝްވަރާއާއެކު ސަޕޯރޓް ސަރވިސް ޔުނިޓް ތަރައްޤީކޮށް ކުރިއެރުމަށް ބޭނުންވާ ކަންތައްތައް ރާވާ ހިންގުމާއި، ޔުނިޓްގައި ވަޒީފާ އަދާކުރާ މުވައްޒަފުން ލައްވާ ޝެޑިއުލް ކުރެވިފައިވާ ގޮތަށް މަސައްކަތް ކުރުވުމާއި، ކުރާ މަސައްކަތްތައް ދުވަހުން ދުވަަހަށް ބަލާ ޗެކް ކުރުން. 2 މިސަރވިސްއަށް އަލަށް ހޯދާ އާލަތްތަށް އެއާލާތްތަކުގެ މެނުއަލްއާއި ވޯރލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން އިން ތައްޔާރުކުރައްވާފައިވާ ސްޓާންޑަޑް ތަކާއި އެއްގޮތަށް ބެހެއްޓުމާއި ތައްޔާރުކުރެވިފައިވާ ޝެޑިޔުލްއާއި އެއްގޮތަށް އާލަތްތަށް މަރާމާތުކޮށް ބެލެހެއްޓުން. 3 މިސަރވިސް އިން އެކި ސަރަހައްދު ތަކުގައި ބަހައްޓާފައިވާ މޫސުމާއި ބިންހެލުމާއި ބެހޭ ނިޒާމުތަކާއި ކޮމިޔުނިކޭޝަން ސިސްޓަމްތަކާއި އައި.ޓީ. ސިސްޓަމްތައް މަރާމާތުކޮށް ބެލެއްހެއްޓުމުގައި ޢަމަލީގޮތުން ބައިވެރިވުމާއި މުވައްޒަފުން ލައްވާ މި މަސައްކަތްކުރުމަށް ރާވާފައިވާ ޝެޑިޔުލް އާއި އެއްގޮތަށް ކުރުވުން. 4 މިސަރވިސްގެ ކޮންމެ އަހަރެއްގެ ވާރކު ޕްލޭންގައި ހިމެނިގެން ސަރޕޯޓް ސަރވިސް ޔުނިޓްއިން ކުރުމަށް ހަޖެހިފައިވާ ކަންތައްތައް ކަޑާއެޅިފައިވާ މިންވަރަށް ހަމަޖެހިފައި މުއްދަތުގެ ތެރޭގައި މުވައްޒަފުން ލައްވާ ކުރުވުމާއި އެކަންތައްތައް ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުން. 5 ސަރޕޯރޓް ސަރވިސް މުވައްޒަފުންގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ޢަމަލީ ތަމްރީން ދިނުމަށް ބޭނުންވާ ޕްރޮގްރާމްތަށް އެކުލަވާލާ ކަޑައަޅާ ޝެޑިޔުލްއެއްގެ މަތިންހިންގުން، އަދި ތަމްރީން ބޭނުންވާ ދާއިރާތަށް ފާހަގަކޮށް މިފަދަ ފުރުޞަތުތައް ހޯދައިދިނުމަށް ސީނިޔަރ މެނޭޖްމަންޓްއަށް ހުށަހެޅުމާއި ސީނިޔަރ މެނޭޖްމަންޓާއި ގުޅިގެން މަސައްކަތްކުރުން. 6 މިސަރވިސްގެ ޔުނިޓް ތަކުން ހިންގާ ޕްރޮގްރާމްތަކަށާއި އެހެނިހެން ގޮތްތޮތުން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުން. |
މަޤާމުގެ ޝަރުޠުތައް: |
އެންޖިނިއަރިންގ (އިލެކްޓްރިކަލް ނުވަތަ އިލެކްޓްރޯނިކްސް) ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމާއި ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނޯޓް: މި އޮނިގަނޑުގެ ހުރިހާ މަޤާމުތަކަށް މުވައްޒަފުން ހަމަޖެހިގެންދާނީ ދާއިމީކޮށެވެ. މިގޮތުން، ޢާންމުކޮށް އިޢުލާނުކޮށްގެން ޢައްޔަންކުރާ ފަރާތްތައް ޖެނެރަލް މީޓިއޮރޮލޮޖީ ކޯސް ފުރިހަމަކުރަންވާނެއެވެ. ޖެނެރަލް މީޓިއޮރޮލޮޖީ ކޯސް ފުރިހަމަނުކުރާ މުވައްޒަފުން ސިވިލް ސަރވިސް ގެ ޤަވާޢިދާ އެއްގޮތަށް ވަޒީފާއިން ވަކިކުރެވޭނެއެވެ. |
ތަޢުލީމީ ރޮނގު(ތައް):
ކޯ ޑިސިޕްލިން(ތައް):
|
|
ގުޅޭވަޒީފާގެ ދާއިރާތައް:
(ސިވިލް ސަރވިސް ކޮމިޝަނުން މަޤާމަށް ކަނޑައަޅާފައިވާ މަސައްކަތުގެ ދާއިރާ(ތައް):
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx https://www.meteorology.gov.mv/downloads/49/view
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 މެއި 12 ވަނަދުވަހުގެެ 12:00ގެ ކުރިން، ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށެވެ. ނުވަތަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ގެ [email protected] އީމެއިލް އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް 10 ޝޯޓްލިސްޓުކުރެވޭނެއެވެ. |
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނީ، 2024 މެއި 14 ވަނަ ދުވަހާއި 19 ވަނަދުވަހާއި ދެމެދު، ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މިސަރވިސްގެ 3037215 ނުވަތަ 3037224 ނަމްބަރ އަށެވެ. ނުވަތަ މިސަރވިސްގެ [email protected] އީމެއިލް އަށް މެއިލް ކުރެއްވުން އެދެމެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/policy/Index/51) އިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ މީޓިއޮރޮލޮޖިކަލް ދާއިރާގެ ވަޒީފާގެ އޮނިގަނޑުގެ މަޤާމުތަކަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމުގެ އުޞޫލު 2021 މި ސަރވިސްގެ ވެބްސައިޓްގެ ޑައުންލޯޑްސް ( https://www.meteorology.gov.mv/downloads/80/view) އިން ލިބެން ހުންނާނެއެވެ. |