ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)GS53/2024/19
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2024
ޕަބްލިޝްކުރި ގަޑި: 22:49
ސުންގަޑި:
13 މޭ 2024 14:00
ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޖަލާލުއްދީން ސްކޫލް 28 ކްލާސްރޫމްގައި 56 ފަންކާ ހަރުކުރުން
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލުގެ 28 ކްލާސްރޫމްގައި 56 ފަންކާ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،2024 މެއި 04 އިން 13 އަށް ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި ޖަލާލުއްދީން ސްކޫލްގައި ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ނުވަތަ ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ [email protected] އަށް އީ-މެއިލް ކުރެއްވުމަށް ދަންނަވަމެވެ.
- މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 މެއި 15 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ބިޑް ހުށަހަޅުއްވަންވާނީ އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ކަރުދާސް ރަނގަޅަށް ކިޔުމަށްފަހު އެއްވެސް އޮޅުންއަރާ ކަމެއް ވާނަމަ ސާފުކުރުމަށްފަހުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 2024 މެއި 23 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ޖަލާލުއްދީން ސްކޫލްގެ އޭ.ވީ ރޫމްގައެވެ.
ނޯޓް : ބީލަން ހުށަހެޅުއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ޖަލާލުއްދީން ސްކޫލް / ކުޅުދުއްފުށި ސިޓީ
- ފޯން: 6528815, 6528873
- އީ-މެއިލް: [email protected]
04 މޭ 2024