ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)MHCL-P/1/2024/31
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:56
ސުންގަޑި: 09 މޭ 2024 11:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޙައްޖުކޯޕަރޭޝަންގެ އޮފީސް ޢިމާރާތް ފޮޅާސާފުކޮށްދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުމާ އަދި އޮފީސް އެޓެންޑެއްޓެއްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ އޮފީސް ޢިމާރާތް ފޮޅާސާފުކޮށްދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުމާ އަދި އޮފީސް އެޓެންޑެއްޓެއްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މިޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް:

މިބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން:

 

މިއިޢުލާނާ ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 07 މެއި 2024 ވާ އަންގާރަ ދުވަހުގެ އެގާރަ ގަޑި ސުންމިނެޓު (11:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (ގ. ސިކަންދަރު، 02 ވަނަ ފަންގިފިލާ، ލޮނުޒިޔާރަތް މަގު) ގެ އޮފީހުގައެވެ.

 

އަންދާސީ ހިސާބު ބަލައިގަތުމާ ހުޅުވުން:

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 09 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ އެގާރަ ގަޑި ސުންމިނެޓު (11:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (ގ. ސިކަންދަރު، 02 ވަނަ ފަންގިފިލާ، ލޮނުޒިޔާރަތް މަގު) ގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޟިރުގައެވެ.

 

އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

04 މޭ 2024