ދިވެހިރާއްޖެ
މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2024/42 (23 އޭޕްރީލް 2024) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.
ހަވާލާދީފައިވާ އިޢުލާނުގައި ދެންނެވިފައިވާ "އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުގެ މަޤާމަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކޮށް މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑު" ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭސިކް ފިޒިކަލް ފިޓްނެސް ޓެސްޓުގެ އިތުރު ބުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ފަރާތްކަށް ބާއްވާ ފިޒިކަލް ފިޓްނެސް ޓެސްޓުގެ ސަޕޯޓެޑް ސިޓަޕްސް، ޕުޝްއަޕްސް އަދި ދުވުން އޮންނާނީ 08 މެއި 2024 (ބުދަ) ދުވަހުގެ ރޭގަނޑު 20:30 ގައި ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. އަދި ފިޒިކަލް ފިޓްނެސް ޓެސްޓުގެ ފެތުމުގެ ބައި އޮންނާނީ 09 މެއި 2024 (ބުރާސްފަތި) ދުވަހުގެ ހެނދުނު 08:30 ގައި މާލެ ސުވިމިންގް ޓްރެކްގައެވެ. ޓެސްޓަށް ހާޒިރުވާން ޖެހޭ ފަރާތްތަކުގެ ލިސްޓު މި އިޢުލާނާއެކު މި އޮފީހުގެ ވެބްސައިޓުގައި އާންމުކުރެވިފައިވާނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.
މި އިޢުލާނާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003499 ނުވަތަ 3322001 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. އީމެއިލް ކުރައްވާއިރު ވަޒީފާއަށް ކުރިމަތިލީ ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑް ނަންބަރާއި ގުޅޭނެ ފޯނު ނަންބަރު އަދި ކުރިމަތިލީ މަޤާމު އެނގޭނެހެން އީމެއިލްކުރެއްވުން އެދެމެވެ.