ދިވެހިރާއްޖެ
އިޢުލާން
ޤައުމީ ސީނިއަރ އަދި ޖޫނިއަރ ޓީމްތަކަށް ކޯޗުން ހޯދުން
18 އަހަރާއި 20 އަހަރުން ދަށުގެ ޤައުމީ ޖޫނިއަރ އަންހެން އަދި ފިރިހެން ޓީމުތަކަށް އޮފިޝަލުން ހޯދުމަށް 2024 ފެބުރުވަރީ 18 ވަނަ ދުވަހުކޮށްފައިވާ ނަމްބަރު (IUL)NSA-VAM/NSA-VAM/2024/5 އިޢުލާން ބާޠިލްކޮށް، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އެކުލަވާލާ ޤައުމީ ޓީމުތަކުގައި ކޯޗުންގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުއްވުމަށް ހުޅުވާލަމެވެ.
ވީމާ، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އެކުލަވާލާ ޤައުމީ ޓީމުތަކުގައި ކޯޗުންގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން، މި އިޢުލާނާއެކު މިވާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 2024 މެއި 12 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ހުށަހެޅުއްވުން އެދެމެވެ.
ވޯލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އެކުލަވާލާ ޤައުމީ ޓީމްތަކަށް ކޯޗުން ޢައްޔަންކުރުމަށް ހަމަޖެހިފައިވަނީ މި އިޢުލާނާއެކު މިވާ "ޤައުމީ ޓީމަށް ކޯޗުން ޢައްޔަންކުރުމުގެ އުސޫލް" ގައި ބަޔާންކުރާގޮތުގެ މަތިންނެވެ.