ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)321-A/321/2024/76
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2024
ޕަބްލިޝްކުރި ގަޑި: 22:15
ސުންގަޑި: 14 މޭ 2024 10:15
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ތުޅާދޫ މަސްޖިދުއްސަޢާދާގެ މުންނާރު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު        

  ބ. ތުޅާދޫ މަސްޖިދުއްސަޢާދާގެ މުންނާރު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްހީރަސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން:

  ބީލަން ހުށަހެޅުމަށް 2024 މެއި 02 ން 2024 މެއި 08 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

 - "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ގެ ލިންކް: https://forms.office.com/r/YsrsYf5ZTP

 

  • ޕްރީ ބިޑް މީޓިންގ އޮންނާނެ ތަނާއި ތާރީޚް:

   އިޢުލާނާއިއެކު ބީލަންފޮތް ގެޒެޓް ކުރެވިފައިވާތީ ޕްރީ ބިޑް މީޓިންގ ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

  • ސައިޓް ވިޒިޓިންގ އޮންނާނެ ތަނާ، ތާރީޚާއި ވަގުތު:

   މި އިޢުލާނާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ދައްކާލުމަށް ސައިޓް ވިޒިޓިންގ އޮންނާނީ 2024 މެއި 09 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މަސްޖިދުއްސަޢާދާގައެވެ.

 

  • އިތުރު މަޢުލޫމާތު ސާފުކުރުން:

  މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުވަތަ މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 2024 މެއި 09 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އީމެއިލަށް ފޮނުއްވުންއެދެމެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

  ޕްރޮކިއުމަންޓް ޔުނިޓް

  ތުޅާދޫ ކައުންސިލް އިދާރާ / ބ.ތުޅާދޫ

  ފޯން:  6600043

  އީމެއިލް: [email protected] 

  • ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން:

   ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 2024 މެއި 14 ވާ އަންގާރަ ދުވަހުގެ 10:15ގައި ތުޅާދޫ ކައުންސިލް އިދާރާގައެވެ.

   ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

   02 މެއި 2024

02 މޭ 2024