ކުއްޔަށް ދިނުން
ނަންބަރު: 137-IU/PR/2024/16
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2024
ޕަބްލިޝްކުރި ގަޑި: 20:51
ސުންގަޑި: 09 މޭ 2024 13:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދަރުމަވަންތަ ހޮސްޕިޓަލުގެ ބޭސް ޑިސްޕެންސިންގ 2 ކައުންޓަރު ކުއްޔަށް ދިނުން

 

ބީލަން ހުށަހެޅުމުގެ ދައުވަތު

 

އިޢުލާން ނަމްބަރ:   137-IU/PR/2024/16

ޕްރޮޖެކްޓް ނަމްބަރ:   137-PR/2022/W-10

 

ޕްރޮޖެކްޓްގެ ނަން:  ދަރުމަވަންތަ ހޮސްޕިޓަލުގެ ބޭސް ޑިސްޕެންސިން 2 ކައުޓަރު ކުއްޔަށް ހިފާ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން

 

ދަރުމަވަންތަ ހޮސްޕިޓަލުގެ 2 ވަނަ އަދި 3 ވަނަ ފަންގިފިލާގައި ހުރި ބޭސް ޑިސްޕެންސިން ކައުޓަރުގެ ޖާގަތައް ކުއްޔަށް ހިފާ އަދި މި ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ހުޅުވާލަމެވެ.

ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް

1. ޚިދުމަތްދޭފަރާތަކީ، އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުއްދަ ލިބިފައިވާ، ދާއިމީގޮތެއްގައި ހިނގަމުންދާ ތަނެއްކަމުގައިވުން. އަދި ސަރުކާރުގެ ގަވާއިދާއި އެއްގޮތްވާގޮތުގެމަތިން، ސަރުކާރުގެ ތަންތަނަށް މަސައްކަތްކޮށް ދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއްކަމުގައިވުން.

 

2. މިބީލަމުގައި ރަޖިސްޓްރީވުމަށް ކުންފުނީގެ ނަމާއި އެޑްރެސް، ރަޖިސްޓްރޭޝަން ނަމްބަރ އަދި  ފޯނު ނަމްބަރ އެނގޭނެހެން 2 މެއި  2024 އިން ފެށިގެން 5 މެއި 2024 ގެ ނިޔަލަށް ތިރީގައި ބަޔާންކޮށްފައިވާ އީމެއިލްއަށް، ފޮނުއްވުން އެދެމެވެ.

 

3. މި ބީލަމާއި ގުޅޭ ޕްރީބިޑް ބައްދަލުވުން 6 މެއި 2024 ގެ 11:00 ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމަންޓުގެ މީޓިން ރޫމުގައި އޮންނާނެއެވެ. އަދި މިޕްރީބިޑް ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ.

 

4. މިމަސައްކަތާބެހޭ އެންމެހައި ލިޔެކިޔުންތައް، ސޮފްޓްކޮޕީ ފޯރމެޓުގައި މިހޮސްޕިޓަލުގެ ވެބްސައިޓް http://www.igmh.gov.mv/publications/tenders  އިން 5 މެއި 2024 ގެ 13:00 ން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެވެ.

 

5. މިމަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 7 މެއި 2024 ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް އެޑްރެސްތައް ތިރީގައި ބަޔާންކުރެވިފައިވާނެއެވެ.

 

6. ބީލަން ހުޅުވުން އޮންނާނީ 9 މެއި 2024 ގެ 13:00 ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާން ކުރެވިފައިވާގޮތައް ސިޓީއުރައިގައި ބަންދުކޮށްފައެވެ.

 

7. އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

ކޮޕީ: [email protected]

02 މޭ 2024