ވަޒީފާގެ ފުރުޞަތު
ނަންބަރު: GS121/IUL/2015/05
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 20:29
ސުންގަޑި: 07 މޭ 2015 12:00
ރަސްގެތީމް ސްކޫލް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (ދާއިމީ)

ރޭންކް

އެމް.އެސް 1

ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ ގްރޭޑް 1

މުސާރައާއި ޢިނާޔަތްތައް

- މުސާރަ: -/5610 ރުފިޔާ

- ސަރވިސް އެލަވަންސް: -/2000 ރުފިޔާ

- އިތުރުގަޑި: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.)

މަޤާމް އޮތް އޮފީސް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން / ސެކްޝަން

ރަސްގެތީމް ސްކޫލް / އެޑްމިން ސެކްޝަން

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ޝަރުޠު

  • މާޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • މާޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  • މާޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  1. އިދާރީ ކަންތަކުގައި ސްކޫލުގެ ވެރިންނަށް އެހީތެރިވެދިނުން.
  2. އިދާރީ މުވައްޒަފުންގެ ޚިދުމަތުގެ ރެކޯޑް ބެލެހެއްޓުން.
  3. އެންމެހައި މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، ކޮންމެ މަހެއް ނިމި، ޖެހިގެން އަންނަ މަހުގެ 10 ގެ ކުރިން، ފާއިތުވި މަހުގެ ހާޒިރީ ރިޕޯޓް ތައްޔާރުކޮށް، ރެކޯޑް ބެލެހެއްޓުން.
  4. ސްކޫލަށް އަންނަ/ފޮނުވަންޖެހޭ ސިޓީ، މެސެޖް، ނޯޓް، ސަރކިއުލަރ ފަދަ ތަކެތި އެންޓްރީކޮށް، ހަވާލުކުރަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ލިޔުންތައް ފައިލްކުރުން.
  5. ސެޝަނުގައި މަސައްކަތްކުރާ އެޑްމިނިސްޓްރޭޓިވް އޮފިސަރަކު ޙާޒިރުނުވާ ދުވަހެއްގައި، އެ މުވައްޒަފަކާ ހަވާލުކުރެވިފައިވާ މަސްޢޫލިއްޔަތުގެ ތެރޭގައި ހިމެނޭ، ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަމެއް، އިސްވެރިއެއްގެ އިރުޝާދުގެދަށުން ކުރުން.
  6. ނިންމަންޖެހޭ މަސައްކަތްތައް ނިންމުމުގައި ސްކޫލުގެ އިސްވެރިޔާގެ އިރުޝާދު ހޯދުމާއި، ހަވާލުކުރެވޭ މަސައްކަތް ލަސްނުކޮށް، ކަނޑައެޅިފައިވާ ދުވަހަށް ނިންމުމަށް މަސައްކަތްކުރުން.
  7. ސްކޫލުން ހިންގާ ހުރިހާ ހަރަކާތްތަކެއްގައި އިދާރީގޮތުން ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއުކުރުން

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމަށް ޝަރުޠު ހަމަވެ، ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް ބާއްވާ އިންޓަވިއު އޮންނާނީ ރަސްގެތީމް ސްކޫލުގައެވެ. އިންޓަވިޔު އޮންނަ ތާރީޚު، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އެ ފަރާތްތަކަށް އެންގޭނެއެވެ.

ސުންގަޑި

މި މަޤާމަށް އެދޭ ފަރާތްތަކުން، 2015 މެއި 7 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ރަސްގެތީމް ސްކޫލަށް، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، މި އިޢުލާނުގައި ބަޔާންވެފައިވާ ލިޔުންތަކާއެކު ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދޭ ފަރާތަކީ އުމުރުން 55 އަހަރުވެފައިވާ ފަރާތަކަށް ވެގެންނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލުކުރެވޭނެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ސަރުކާރު ބަންދުނޫން ދުވަސްތަކުގައި ރަސްމީ ގަޑީގައި ސްކޫލުގެ އިދާރާގެ 6580361 ނަންބަރު ފޯނަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

– މަޢުލޫމާތު ފުރިހަމަކޮށްފައިވާ "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް" (ވަޒީފާއަށް އެދޭ ފޯމް، ރަސްގެތީމް ސްކޫލް އޮފީހުން ލިބެން ހުންނާއެވެ. އަދި މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

– ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑު ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.  

– ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

– މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

– ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

– ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން.

ނޯޓް: މަތީގައި ބަޔާންކުރެވުނު ލިޔުންތަކުގެ ތެރެއިން ވަޒީފާއަށް އެދޭ ފަރާތުން ފޯމާއެކު ހުށަހަޅާ ހުރިހާ ލިޔުމެއްގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.

މިހެންވެ މިކަން އަންގައި އިޢުލާން ކުރީމެވެ.

9 ރަޖަބު 1436

28 އޭޕްރިލް 2015