ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2024/150
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2024
ޕަބްލިޝްކުރި ގަޑި: 16:40
ސުންގަޑި: 07 މޭ 2024 12:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ގްރެފިކް ޑިޒައިނަރ

މަޤާމް :ގްރެފިކް ޑިޒައިނަރ
ބޭނުންވާ އަދަދު :1

(IUL)PSM-HR/PSM/2024/150

ވަޒީފާގެ ފުރުޞަތު

 

މަޤާމް

ގްރެފިކް ޑިޒައިނަރ

މަޤާމުގެ ރޭންކް

L8-E6 (T)

ބޭނުންވާ ޢަދަދު:

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް:

ކޮންޓެންޓް ޝެޑިއުލިން އެންޑް ކޮލިޓީ އެޝުއަރެންސް

ވަޒީފާގެ ބާވަތް

ދާއިމީ

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 06 ދުވަހު - ދުވާލަކު 08 ގަޑިއިރު

އަސާސީ މުސާރަ

-/8،200 ރުފިޔާ

ސަރވިސް އެލަވަންސް

-/3,500 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.

(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

  • ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
  • އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  • ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  • ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން؛ ނުވަތަ
  • ޖީ.ސީ.އީ އޭ ލެވެލްގެ އިމްތިހާނުން މަދުވެގެން 4 (ހަތަރެއް) މާއްދާއިން ފާސްވެފާވުމާއި އެކު މަޤާމާއި ގުޅޭ ދާއިރާއަކުން 1 (އެކއް) އަހަރުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  • ޖީ.ސީ.އީ އޯ ލެވެލްގެ އިމްތިހާނުން މަދުވެގެން 6 (ހައެއް) މާއްދާއިން ފާސްވެފާވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއެއްގައި 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  • މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 6 (ހައެއް) އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • އާ ޙިޔާލުތައް އުފެއްދުމާއި އިނޮވޭޓިވް ގޮތްތައް ޑިޒައިންކުރުމުގައި ބޭނުން ކުރުން؛
  • ޕްރޮގްރާމާއި ނިއުސް އަށް ބޭނުންވާ ގްރެފިކްސް ހެދުން؛
  • ލަލއިވް ރެކޯޑްކުރާ ޕްރޮގްރާމްސް އަދި ލައިވް އިވެންޓްގައި ކެލިގްރާފަރ / ޓައިޓްލް އޮޕަރޭޓަރ / ޖީ-ޗެނަލް އޮޕަރޭޓް ކުރުން އަދި ކެލިގްރާފަރ / ޓޠައިޓްލް އޮޕަރޭޓަރ / ޖީ-ޗެނަލް ފައިލް ސެޓަޕް ހެދުން އަދި ލައިވް / ރެކޯޑިންގް ތަކަށް ގަޑިއަށް ނުކުތުން؛
  • ހަވާލުކުރެވޭ މަސައްކަތާ ގުޅޭގޮތުން ގުޅުން ހުރި ފަރާތްތަކާ ވާހަކަ ދައްކައިގެން މަސައްކަތް ނިންމާނެގޮތުގެ ޓައިމްލައިނެއް ކަނޑައެޅައި ގަޑިއަށް ނިންމުން؛
  • ކުންފުނިން ކަނޑައަޅާ ތަނެއްގައި މަސައްކަތް ކުރުން އަދި ކުންފުނީގެ ޤަވާއިދުތަކާއި އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުން؛
  • މަސައްކަތް ކުރުމުގައި ވަގުތު ދިނުމާއި މުވާސަލާތު ކުރުން އަދި ކުންފުނީގެ ޤަވާއިދުތަކާއި އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުން؛
  • މަސައްކަތް ކުރުމުގައި ވަގުތު ދިނުމާއި މުވާސަލާތު ކުރުމާއި މުޢާމަލާތު ކުރުމުގައި ކުންފުންޏަށް އެއްބާރުލުން ދިނުން؛
  • ޑިޒައިނ ކުރާއިރު ސްކެޗްތައް / ސްޓޯރީބޯރޑްސް ތައްޔާރު ކުރުމަށް ފަހު، މަސައްކަތާއި ގުޅުންހުރި ފަރާތްތަކާ މަޝްވަރާ ކޮށްގެން އައިޑިޔާ ފައިނަލް ކުރުން؛
  • ގްރެފިކްސް އިން ހަދަންޖެހޭ، ޕޯސްޓަރ، ފޮންޓް، ކެންވަސް ޑިޒައިން، ބިލްބޯޑް، ބެކްޑްރޮޕް، ފޮތް ފަދަ ތަކެތި ޑިޒައިން ކުރުން؛
  • ކުންފުނީގައި މަސައްކަތް ކުރާ ސޮފްޓްވެއަރ ތަކަށް އަންނަ ބަދަލު ތަކަށް އަހުލުވެރިވުން؛
  • ކުންފުންޏަށް ބެނުންވާ އާރޓްވޯރކް އަދި ލޯގޯ ޑިޒައިންކޮށް އެއާ ގުޅުން ހުރި ގްރެފިކްސް ތައް ހެދުން؛
  • ހަވާލުކުރެވޭ މަސައްކަތްތައް ޒިންމާދާރު ކަމާއިއެކު ކަނޑައެޅިފައިވާ ގަޑިޔަށް ނިންމުން؛
  • މަތީގައި ބަޔާން ކުރެވިފައިވާ ކަންކަމަށް ޖަވާބުދާރީ ވުމާއި ޒިންމާވުން؛
  • މީގެ އިތުރުން ޑިޕާޓްމެންޓް ހިންގަވަން ހުންނަ ވެރިއަކު ނުވަތަ އޮފީސް ހިންގުމާ ހަވާލުވެ ހުންނެވި ވެރިއަކު؛ ކުއްލި ގޮތަކަށް ޙަވާލުކުރައްވާ ދާއިރާ އާ ގުޅުންހުރި އޮފީހުގެ މަސައްކަތް ކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސްނުވާ).

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)

ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 7 މޭ 2024 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000368 ، 30003643000207 ,  އާއި ގުޅުއްވުން އެދެމެވެ.

 

02 މޭ 2024