ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)377/377/2015/4
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 19:41
ސުންގަޑި: 11 މޭ 2015 15:00
ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް:

އެމް. އެސް. 3

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

އޮފީސް / އިދާރާ:

ނިލަންދެ އަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލް އިދާރާ

ސެކްޝަން/ޔުނިޓް:

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލް އިދާރާ

މުސާރަ:

7,035 ރުފިޔާ

ސަރވިސް އެލެވަންސް:

2,000.00 ރުފިޔާ

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުތުތައް:
  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން. ނުވަތަ؛
  4. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ރަށުގެ އަމަންއަމާންކަމާއި އާންމު މަޞްލަޙަތު ހިފެހެއްޓުމަށް މަސައްކަތްކުރުން.

2- ރަށުގެ ތަރައްޤީއާބެހޭ ޕްރޮޖެކްތައް މޮނިޓަރކޮށް، އިވުލުއޭޓްކުރުވައި، ބެލެހެއްޓުން.

3- ރަށުގެ އެކިއެކި އިޤްތިޞާދީ މަސައްކަތްތަކަށް ބިން ދޫކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުވުން.

4- ބިނާވެށި ޕްލޭން ތައްޔާރުކޮށް، އަންނަބަދަލުތައް ބެލެހެއްޓުމާއި، ރަށުގެ ޗާޓް ކަމާގުޅޭ މުވައްޒަފު ލައްވައި ކުރަހައި ބެލެހެއްޓުން:

5- ރައްޔިތުންގެ ބައިވެރިވުމާއެކު ރަށުގެ ތަރައްޤީގެ ޕްލޭނުތައް އެކުލަވައިލައި، އެ ޕްލޭންތަކާ ގުޅޭގޮތުން ރައްޔިތުންނަށް ދޭންޖެހޭ ލަފަޔާ މަޝްވަރާ، ކަމާގުޅޭ މުވައްޒަފު ލައްވައި ދިނުމަށްފަހު، އެ ޕްލޭންތައް އަތޮޅު ކައުންސިލަށް ފޮނުވުން.

6- ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް އަމާޒުކުރާ ކައުންސިލްގެ މެއިންޑޭޓްގައި ނުހިމެނޭ މަޝްރޫޢުތައް ސަރުކާރުން އަންގަވާ ގޮތެއް މަތިން މޮނިޓަރ ކުރުވުން.

7- ކޮންމެ އަހަރެއްގެ އޯގަސްޓްމަހުގެ ނިޔަލަށް ތަރައްޤީގެ ޕްލޭނަށް ބިނާކޮށް ކުރިއަށްއޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ތައްޔާރުކުރުމުގައި ބަޖެޓް ޝެކްޝަނަށް ލަފަޔާއި މަޝްވަރާދިނުމުގެގޮތުން ކުރަންޖެހޭ ކަންކަން ކުރުވުން.

8- ޢަމަލުކުރަމުންދާ ތަރައްޤީ ޕްލޭނުގެ މުއްދަތު ހަމަވުމުގެ 4 (ހަތަރެއް) މަސް ދުވަހުގެ ކުރިން ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް 5 (ފަހެއް) އަހަރުދުވަހަށް ތައްޔާރުކުރާ ތަރައްޤީގެ ޕްލޭން ތައްޔާރުކޮށް، ލޯކަލް ގަވަރމަންޓް އޮތޯރިޓިއަށް ފޮނުވުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުވުން.

9- އެސް.އައި.ޕީގެ ދަށުން ރަށުގެ ތަރައްޤީއަށް ހުށަހަޅަންޖެހޭ ޕްރޮޖެކްޓްތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތަށް ހުށަހެޅުމާއި، ރަށުގެ ތަރައްޤީއަށްޓަކައި ކުރާ މަސައްކަތްތަކާއި ތަރައްޤީއާބެހޭ މަޝްރޫޢުތަކުގެ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

10- ރަށުގެ ތިމާވެއްޓާބޭހޭ ކަންތައްތައް ބެލެހެއްޓުން.

11- ލޭންޑް ސާރވޭ ކުރުމާއި، ބިމުގެ ބަޖެޓް ހެދުން.

12- ރަށުކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގެ ދަށުގައިހުރި މެޝިނަރީއާއި ފަރުނީޗަރުތައް މަރާމާތުކޮށް ބެލެހެއްޓުން.

13- ރަށުކައުންސިލް އިދާރާގެ އައިޓީއާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ކުރުމާއި ބެލެހެއްޓުން.

14- ފަހަށް ރައްކާކުރަންޖެހޭ ރަށާބެހޭ ތާރީޚީ މުހިއްމު މަޢުލޫމާތުތައް އެއްކޮށް ބެލެހެއްޓުން.

15- ރަށު ކައުންސިލް އިދާރާއަށް ހޯދަންޖެހޭ އެންމެހައި ތަކެތި ޤަވައިދާ އެއްގޮތްވާގޮތުގެމަތިން ހޯދައި، ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކޮށް، އެކަމަކާގުޅޭ ލިޔުންތައް ބަޖެޓް ޝެކްޝަނާ ހަވާލުކުރުވުން.

16- ކުޅިވަރު ބިންތައް ބަލަހައްޓައި، ކުޅިވަރު ހަރަކާތްތައް ބައްވާ ފަރާތްތަކަށް އެހީތެރިވެދިނުން.

17- އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރާ ބެހޭގޮތުން ކައުންސިލްގެ އިދާރާއިން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

18- ގޯތިގެދޮރާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

19- ވިޔަފާރި، ސައިހޮޓާ، ކެންޓީނުފަދަ ތަންތަން ރަޖިސްޓްރީކުރުމާއި، ބާޠިލްކުރުމުގެ އެންމެހައި ކަންތައްތައް ކުރުން.

20- ރަށުގެ ބިންބިމުގެ ދަފްތަރު އެކުލަވައި، އެ ދަފްތަރު ބަލަހައްޓައި، ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވައި، އެ ދަފްތަރު ބަލަހައްޓައި، އިދާރާއަށް ބޭނުންވާ މަޢްލޫމާތު ފޯރުކޮށް ދިނުން.

21- ރުއްގަހުގެ ނީލަމުގެ ކަންތައްތަކާ ބަދަލުގެ ކަންތައް ހަމަޖެއްސުން.

22- ބިދޭސީންގެ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުން.

23- އެކިއެކި ބޭނުންތަކަށް ފަޅުން ވެލި އަކިރި ދޫކުރުމުގެ ކަންތައް ބެލެހެއްޓުން.

24- ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ޟަރޫރީ ބޭނުންތައް ފުއްދޭނެ ތަނަވަސްކަންނެތް މީހުންނާއި، މޮޔަވާ މީހުންނާބެހޭ ކަންތައްތައް ކުރުމާއި ބެލެހެއްޓުން.

25- ކުށުގެ ރިކޯޑު ބެލެހެއްޓުން.

26- ޕެސްޓް ކޮންޓްރޯލްކުރުން.

27- ރަށުގެ އިޖުތިމާޢީ ސަރަހައްދުތަކާއި، އާސާރީ ސަރަހައްދު ސާފުކުރުމުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

28- މަގުގޯޅިއާ ގުޅޭ ކަންތައްތައް ކުރުމާއި ބެލެހެއްޓުން.

29- ޚަބަރާއި، މަޢުލޫމާތު ދިނުމާއި، މަޢުލޫމާތު ހޯދައި ލިބިގަތުމާބެހޭ ކަންތައްތައް ކުރުމާއި ބެލެހެއްޓުން.

30- މިސްކިތްތަކާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ބެލެހެއްޓުން. (މިސްކިތު މުވައްޒަފުންނާ ގުޅޭ ކަންތައްތައް ފިޔަވައި)

31- އިންފޮމޭޝަނާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 

32- ކައުންސިލް އިދާރާއިން ފޮނުވަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ލިބިފައިވާ ތަޢުލީމާއި، ތަމްރީނާއި، އިންޓަވިއުއާއި، ޕްރެކްޓިކަލްސްއިން ލިބޭ މާކުހަށް ބެލޭނެއެވެ. އަދި އޮފީސް ހިންގުމުގެ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

17 މޭ 2015 އިން 10 ޖޫން 2015 އަށް ދ. ރިނބުދޫ ކައުންސިލް އިދާރާގައި، އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނަ ދުވަހުގެ 3 ދުވަހުގެ ކުރިން، އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އެކަން އެންގޭނެއެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

2015 މޭ 11 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން، ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާއަށް، ވަޒީފާއަށް އެދޭ ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ އިތުރު ލިޔުންތައް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ ގަވާއިދުގައި ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލް އިދާރާއިން ލިބެންހުންނާނެއެވެ.)
  2.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4.  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ 6760047 ނަންބަރު ފޯނާއެވެ.  ފެކްސް  ނަންބަރަކީ 6760663 އެވެ. އީ މެއިލް ކުރާނީ، [email protected] އަށެވެ.

11 ރަޖަބު 1436

30 އޭޕްރިލް 2015