ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)249-B/249/2024/35
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:33
ސުންގަޑި:
07 މޭ 2024 00:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަނޑުބިމުގެ ރަޖިސްޓްރީ ދޫކުރުމާއިގުޅޭ
ދަނޑުބިމުގެ ރަޖިސްޓްރީ ދޫކުރުމާއިގުޅޭ
މި ކައުންސިލުން ހއ.ކެލާގެ ގޭބީސީތަކަށް ދޫކުރާ ދަނޑުބިމުގެ ފުރަތަމަ ބުރުން ދޫކޮށްފައިވާ ދަނޑުބިމުގެ ރަޖިސްޓްރީ، 09 މޭ 2024 ވާ ބުރާސްފަތި ދުވަހު ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.
ދަނޑުވެރިކަން ކުރުމަށް ދޫކުރެވިފައިވާ ބިމުގެ ރަޖިސްޓްރީ ދޫކުރުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ކަންތައްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ.
- ދޫކުރެވިފައިވާ ދަނޑުބިމުގެ 3 ބައިކޮށް 2 ބައިގައި ހުރި ހުއި/ވިނަ ނޮޅާ ދަނޑުބިން ސާފުކޮށްފައިވުން.
- ދޫކުރެވިފައިވާ ދަނޑުބިމުގެ އިންވެގެންވާ މަގު/މަގުތަކުގައި ހުރި ހުއި/ވިނަ ނޮޅާ ސާފުކޮށްފައިވުން.
- މޫސުމީ ދަނޑުވެރިކަމަށް ދޫކުރެވިފައިވާ ދަނޑުބިމުގައި ހެއްދުން މަނާ ގަސްގަހާގެހި، ކެޔޮ، މުރަނގަ، ރުއް ދިއްގާ، ހިރުނދު، ގިނަވެލި އަދި އެކިވައްތަރުގެ ގަސްލަކުޑީގެ އެއްވެސް ބާވަތެއްގެ ތަކެތި، ދޫކުރެވިފައިވާ ދަނޑުބިމުގައި ހުރެގެން ނުވުން.
- "ދަނޑުވެރިކަން ކުރުމަށް ދޫކުރާ ބިމަށް އެދޭ ފޯމް"ގައިވާ "ހއ.ކެލާއިން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލު" ގައިވާ ކަންތައްތަކައް އަމަލުކޮށްފައިވުން.
- މި އިދާރާއިން 06 ޑިސެންބަރު 2023 ގައި ކޮށްފައިވާ އިޢުލާން 249-E/249/2023/9 ގައިވާ ގޮތައް، ދަނޑުބިމުގެ ކޮންމެ ކަނަކަށް 4 (ހަތަރު) ގައި ހިމެނޭހެން ކަންމުޑި އަޅާފައިވުން.
މަތީގައި ދެންނެވިފައިވާ ކަންތައްތައް ފުރިހަމަކޮށްފައިނުވާނަމަ، އިތުރު މުއްދަތެއް ދިނުމަކާއި ނުލައި، އެފަރާތްތަކަށް ދޫކުރެވިފައިވާ ދަނޑުބިން ބާތިލުކުރެވޭނެއެވެ.
ވީމާ، 07 މޭ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މަތީގައި ދެންނެވިފައިވާ ކަންތައްތައް ފުރިހަމަކުރުމަށް އިލްތިމާސްކުރަމެވެ.
02 މޭ 2024