ދިވެހިރާއްޖެ
އިޢުލާން
ށ.ފޭދޫ ކައުންސިލް ސްޕޯރޓްސް ފިއެސްޓާ ގެ މެޗުތަކާއި އިވެންޓްތައް ލައިވްކުރުން.
މި އިދާރާއިން ދޭމައުލޫމާތު ކަރުދާހާއި ށ.ފޭދޫ ކައުންސިލް ސްޕޯރޓްސް ފިއެސްޓާ ގެ މެޗުތަކާއި އިވެންޓުތައް ލައިވް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 06 މެއި 2024 ވަނަދުވަހުގެ 11:30 އަށް މިމަސައްކަތް ކޮށްދޭނެ އަގަކާއި، މަސައްކަތް ނިންމޭނެ މުއަދަތު ބަޔާންކޮށް މިއިދާރާއަށް ލިޔުމަކުން ހުށަހަޅުއްވާ ދެއްވުންއެދެމެވެ. އަގު ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ށ.ފޭދޫ ކައުންސިލް ސުޕޯރޓްސް ފިއެއްސްޓާގެ މެޗުތަކާއި އިވެންޓްތަށް ލައިވް ކުރުން"މިހެން ލިޔެފައި އޮންނަންވާނެއެވެ.
ލައިވް ކުރުމުގެ މައުލޫމާތު ކަރުދާސް މިއިއުލާނާއި އެކު އާންމުކޮށްފައިވެވެ.