ދިވެހިރާއްޖެ
އިޢުލާން
މިހޮސްޕިޓަލުގެ ޑެންޓަލް ޑިޕާޓްމަންޓަށް ބޭނުންވާ ޑެންޓަލް ޗެއަރ އާއި، ބައެއް މެޝިނަރީސް ސަޕްލައިކޮށްދިނުމާއިއެކު، އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުއްވެއްޖެ
މިހޮސްޕިޓަލަށް ބޭނުންވާ މިހޮސްޕިޓަލަށް ބޭނުންވާ 2 (ދޭއް) ޑެންޓަލް ޗެއަރ ސަޕްލައިކޮށްދިނުމާއިއެކު އަދި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: TENDER/URH/2023/01 ގެ އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުތައް ބޮޑުވުމާއި، މިކަމަށް އެކަށީގެންވާ މިންވަރަށް ބިޑް ހުށަހަޅުއްވާފައިނުވާތީވެ، އެ އިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ.
މިހެންކަމުން، މިހޮސްޕިޓަލަށް ބޭނުންވާ 1 (އެކެއް) ޑެންޓަލް ޗެއަރ، އަދި ބައެއް މެޝިނަރީސް ސަޕްލައިކޮށްދިނުމާއި، އިންސްޓޯލްކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް ނަންނޯޓް ކުރުމާއި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ނަންނޯޓް ކުރެއްވުން |
ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް މެދުވެރިކޮށް) ތާރީޚް: (މުއްދަތު) – 2024 މޭ 02 ން 2024 މޭ 13 ވާ ހޯމަ ދުވަސް. ގަޑި: މެންދުރުފަހު 14:00 ގެ ނިޔަލަށް އީމެއިލް: [email protected] ފޯނު ނަންބަރ: 6583007 |
އަންދާސީ ހިސާބު ހުށައެޅުއްވުން |
އަންދާސީ ހިސާބު ހުށަހަޅަންޖެހޭނީ ތިރީގައިވާ ދުވަހުގެ ގަޑިއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ކޮންފަރެންސް ރޫމު. ތާރީޚް: 2024 މޭ 16 ގަޑި: ހެނދުނު 10:00 އަށް |
މިއިޢުލާނާއި ގުޅޭ މައުލޫމާތު ޝީޓް، އަދި އެހެން ޑޮކިއުމަންޓްސް ގެޒެޓްގައި އެޓޭޗް ކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ. މި ބީލަމާއިގުޅިގެން، ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6583007 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
23 ޝައްވާލު 1445