ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)182-Enf/182/2024/12
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2024
ޕަބްލިޝްކުރި ގަޑި: 13:23
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
" ކޮންޓްރޯލް ޑްރަގްސް " އަދި " ހޮސްޕިޓަލް ޔޫސް " ރާއްޖެއަށްް އިމްޕޯރޓްކޮށް ސަޕްލައި ކުރާނެެ ފަރާތެއް ހޯދުމަށް

 

އިޢުލާން

                  

 (IUL)182-Enf/182/2024/3 : ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ " ކޮންޓްރޯލް ޑްރަގްސް " އަދި " ހޮސްޕިޓަލް ޔޫސް " ބޭސް މެދު ނުކެނޑި ލިބޭނެ ކަންކަން ކަށަވަރުކުރުމުގެ ގޮތުން 05 ފަރާތެއް ހޯދުމަށް 2024 މާރިޗް 10 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަންބަރ

އާއި ގުޅިގެން އެކަށީގެންވާ އަދަދަށް ބިޑަށް ކުރިމަތި ނުލާތީ މި ނަންބަރުގެ އިޢުލާނު ބާތިލްކޮށް، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް މި ފުރުސަތު ދިނުމަށް އަލުން އިޢުލާނުކުރަމެވެ.

 

މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 05 އަހަރު ދުވަހުގެ މުއްދަތަށެވެ. މިއިއުލާނުގެ ދަށުން ކޮންޓްރޯލް ބޭސް އަދި ހޮސްޕިޓަލް ޔޫސް ބޭސް އެތެރެ ކުރުމުގެ ހުއްދަ ދިނުމަށް ކަނޑައެޅިފައިވަނީ މި އިއުލާނާއި އެކު މިވާ މައުލޫމާތު ޝީޓްގައި ހިމެނޭ ކަންކަން ފުރިހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.

ވީމާ، 09 މެއި 2024 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 14:00 ގެ ކުރިން  އިއުލާނާއެކު ގެޒެޓްކޮށްފައިވާ މައުލޫމާތު ޝީޓް ފުރުމަށްފަހު މެޑިސިން އެންޑް ތެރެޕިއުޓިކް ގުޑްސް ޑިވިޜަންއަށް އީމެއިލް [email protected] ކުރެއްވުމަށް ދަންނަވަމެވެ.  މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ

މި އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އިން ލިބިވަޑައި ގަންނާނެއެވެ.

 

 

 

 

02 މޭ 2024