ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2024/22
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2024
ޕަބްލިޝްކުރި ގަޑި: 12:39
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަދުރު ބެހުން

            ސައުދީ އަރަބިއްޔާ ސަރުކާރުން ހަދިޔާކޮށްފައިވާ ކަދުރުގެ ތެރެއިން މިރަށުގެ ރައްޔިތުންނަށް ބެހުމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ފޮނުވާފައިވާ ކަދުރާއި، ރަމަޟާންމަހަށް ސަރުކާރުން މިރަށުގެ ގޭ ބިސީތަކަށް ބެހުމަށް ފޮނުވި ހަނޑޫ އަދި ފުށުގެ ތެރެއިން ގޭބިސީތަކަށް ބެހުމަށްފަހު ބާކީވެފައިހުރި ތަކެތި، 5 މެއި 2024 ދުވަހުގެ 10:00 އިންފެށިގެން ފެންފުށީގެ ރައްޔިތުންނަށް ބެހުމަށް ވަނީ ހަމަޖެހިފައެވެ. މިތަކެތި ބެހުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ އަންނަ ގޭބިސީތަކަށް މިތަކެތި ހުސްވަންދެން ދޫކުރުރާ އުޞޫލުންނެވެ. އަދި ގޭ ބިސީއަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1 ޕެކެޓް ކަދުރާއި ކާޑު ވައްތަރަކުން ބަސްތާއެކެވެ.

            ކަދުރާއި ކާޑު ބޭނުންވެލައްވާ ގޭބިސީތަކުން 5 މެއި 2024 ވާ އާދީއްތަ ދުވަހުގެ 10:00 އިން ފެށިގެން ކަދުރާއި ކާޑު ހަވާލުވުމަށް އައިޑީ ކާޑު ހިއްޕަވައިގެން ކައުންސިލްގެ އިދާރާއަށް ވަޑައިގެންނެވުންއެދި ދަންނަވަމެވެ. މީހަކަށް ހަވާލް ކުރެވޭނީ 1 ގޭބިސީގެ ކާޑާއި ކަދުރެވެ.

            ވީމާ މިކަން އާންމުކޮށް އެންގެވުމަށްޓަކާ އިއުލާންކުރީމެވެ.

02 މޭ 2024