މަސައްކަތް
ނަންބަރު: (IUL)244-ESMSMS/244/2024/17
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2024
ޕަބްލިޝްކުރި ގަޑި: 11:57
ސުންގަޑި: 12 މޭ 2024 00:00
ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ތުރާކުނު މަސްޖިދުއް ނިބްރާސްގެ އިސްކޫރުބަރި މަރާމާތުކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު (7 ވަނަ އިޢުލާން)

ނަންބަރ: IUL)244-ESMSMS/244/2024/17

އިޢުލާން

             ހއ.ތުރާކުނު މަސްޖިދުއް ނިބްރާސްގެ އިސްކޫރުބަރި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި ނަމްބަރު: IUL)244-ESMSMS/244/2024/11 އިޢުލާނާއި ގުޅިގެން، އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު އަލުން އެފުރުސަތު ހުޅުވާލަމެވެ.

             މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 02 މެއި 2024 ވާ (ބުރާސްފަތި) ދުވަހުން ފެށިގެން 12 މެއި 2024 ވާ (އާދިއްތަ) ދުވަހުގެ  މެންދުރުފަހު 13:00 ގެ  ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރުމަށްފަހު، ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމާއި ކުންފުނީ/ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ އީމެއިލް ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ ބީލަން ފޮތް ގެޒެޓް ކުރެވިފައިވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 މެއި 2024 ވާ (ބުދަ) ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގެ މީޓިންގ ހޯލްގައެވެ. އަދި ބީލަމުގައި ރެޖިސްޓްރީ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ، 12 މެއި 2024 ވާ (އާދިއްތަ) ދުވަހުގެ  މެންދުރުފަހު 13:00ގެ ކުރިން  [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރަސްމީ ބަންދު ނޫންދުވަސްދުވަހުގެ ހެނދުނު 9:00 އިން 13:00 އަށް މިއިދާރާގެ ނަމްބަރު 6500035،6500107 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. 

02 މޭ 2024