މަސައްކަތް
ނަންބަރު: (IUL)231-AH/231/2015/35
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 18:59
ސުންގަޑި: 06 މޭ 2015 12:30
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޓަރނެޓްގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން

ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާއަށް އިންޓަރނެޓްގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން

ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާއަށް އިންޓަރނެޓްގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިއިދާރާއިން ކުރި ނަންބަރު: IUL)231-AH/231/2015/18)ފ(09 މާރިޗު 2015) އިޢުލާނު ގެޒެޓަށް ފޮނުވިފައިނުވާތީ، މިއީ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރެވުނު 3 ވަނަފަހަރު ކަމުގައިވިޔަސް، މިފަހަރުގެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރުމަށް އަންދާސީހިސާބު ބަލާ ކޮމިޓީން ނިންމަވާފައިވާތީ، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް އިންޓަރނެޓްގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރީމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބިޑް ބައްލަވައިގެން، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިއީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރެވުނު 4 ވަނަފަހަރުކަމަށްވާތީ، އެންމެ ފަރާތަކުން އަގު ހުށަހެޅި ކަމުގައިވިޔަސް މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މިއިދާރާގެ ނަންބަރު: IUL)231-AH/231/2015/18)ފ(09 މާރިޗު 2015) އިޢުލާނާ ގުޅިގެން ބިޑް ބައްލަވައިގަތް ފަރާތްތަކުން އަލުން ބިޑް ބައްލަވައިގަންނަވަން ނުޖެހޭނެ ވާހަކަ ދެންނެވީމެވެ.  

ބިޑް ޑޮކިއުމަންޓްސް ވިއްކުން

29 އެޕްރީލް 2015 ( ބުދަ ) ދުވަހުން ފެށިގެން، 06 މޭ 2015 ( ބުދަ )  ދުވަހުގެ ނިޔަލަށް

ހެނދުނު 8:30 އިން 12:30 އަށް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި

ޕްރީބިޑް މީޓިންގ

 06 މޭ 2015 (ބުދަ) ދުވަހުގެ 14:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި

ބިޑް އޯޕަން މީޓިންގ

12 މޭ 2015 ( އަންގާރަ ) ދުވަހުގެ 14:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

ބިޑް ޑޮކިއުމެންޓެއްގެ އަގަކީ -/30 ރުފިޔާއެވެ.

ބިޑް ހުށަހެޅޭނީ ބިޑް ގަތްފަރާތެއްގެ ނަމުގައެވެ. ބިޑް ބައްލަވައިނުގަންނަވާ ފަރާތްތަކުން ޕްރީބިޑް މީޓިންގގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

09 ރަޖަބު 1436

28 އޭޕްރިލް 2015