ދިވެހިރާއްޖެ
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޯ.ޕީ.ޑީ އިމާރާތުގެ މައިދޮރު އޮޓޯމެޓިކް ސްލައިޑިންގް ދޮރަކަށް ބަދަލުކޮށް އިންސްޓޯލްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދުން
މި ހޮސްޕިޓަލުގެ މެއިން އޯ.ޕީ.ޑީ ހިމެނޭ އިމާރާތުގެ މެއިން އެންޓަރެންސްގެ ދޮރު އޮޓޯމެޓިކް ސްލައިޑިންގ ދޮރަކަށް ބަދަލުކުރުމާއިއެކު، އިންސްޓޯލްކޮށްދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ރަޖިސްޓްރީ ކުރެއްވުމާއި، މަޢުލޫމާތު ސާފުކުރެއްވުމާއިއެކު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ނަންނޯޓް ކުރެއްވުން |
ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް މެދުވެރިކޮށް) ތާރީޚް: (މުއްދަތު) 2024 މޭ 02 ން ފެށިގެން، 2024 މޭ 12 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް. އީމެއިލް: [email protected] ފޯނު ނަންބަރ: 6583007 |
އަންދާސީ ހިސާބު ހުށައެޅުއްވުން |
އަންދާސީ ހިސާބު ހުށަހަޅުއްވާނީ ތިރީގައިއެވާ ދުވަހުގެ ކަނޑައެޅިފައިވާ ގަޑިއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ. ތާރީޚް: 2024 މޭ 15 ވާ ބުދަ ދުވަސް ގަޑި: 13:00 (މެންދުރުފަހު) |
މިއިޢުލާނާއި ގުޅޭ މައުލޫމާތު ޝީޓް އެޓޭޗްމަންޓުގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި ނަންނޯޓް ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6583007 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
23 ޝައްވާލު 1445