ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)439-MS/439/2015/33
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 18:31
ސުންގަޑި: 13 މޭ 2015 15:00
ފުވައްމުލަކު ދަޑިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (259188)

ބޭނުންވާ އަދަދު:

1 (އެކެއް)

ރޭންކް:

ޖީ.އެސް.4

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

އޮފީސް / އިދާރާ:

ފުވައްމުލަކު ދަޑިމަގު ކައުންސިލް އިދާރާ

ސެކްޝަން:

ކޯފަރޭޓިވް އެފެއާޒް

މުސާރަ:

-/5020  ރުފިޔާ

ސަރވިސް އެލަވަންސް:

-/1500  ރުފިޔާ

އެހެނިހެން އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރުވައިފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ތަޢުލީމާއި ތަޖުރިބާ:

- އެޑްމިނިސްޓްރޭޝަން މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- އޮފީހަށް އަންނަ މައްސަލަތައް އެންޓްރީކޮށް ސެކްޝަންތަކަށް ހަވާލުކުރުވުން.

- މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި، ދާއިމީކުރުމާބެހޭ ކަންތައްތައް ކުރުން.

- ދުވަހު ޔައުމިއްޔާއާއި، ބޮޑެތިކަންތައްތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

- މުވައްޒަފުންނަށް ޗުއްޓީ ދިނުމާއި، ޗުއްޓީ ރެކޯޑް ބެލެހެއްޓުމުގެ އެންމެހައި ކަންތައްކުރުން.

- ޕާރފޯމަންސް އެޕްރައިޒަލް ފޯމް ފުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމާއި، މުވައްޒަފުންގެ ރެކޯޑް ފައިލްތަކަށް ވައްދަންޖެހޭ ތަކެއްޗާއި ފައިލްތައް ސިއްރުތަކެތީގެގޮތުގައި ބެލެހެއްޓުމުގެ މަސައްކަތް. 

- ކައުންސިލްތަކުގެ އަހަރީ ރިޕޯޓްލިޔުމާބެހޭ ކަންތައްތައް ކުރުން.

- އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުގަޑިއާއި، ބަންދު ދުވަހުގެ ރިޕޯޓާބެހޭ އެންމެހައި ކަންތައްކުރުން.   

- މުވައްޒަފުންގެ ދާއިމީ ރަޖިސްޓްރީއާއި، ފޮހޭ ރަޖިސްޓްރީގެ އެންހައި މަސައްކަތްތައް ކުރުން.

- އޮފީހުގެ މެޝިނަރީޒާއި އިންވެންޓްރީއާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

- އޮފީހުން ދޫކުރެވޭ ތަކެތީގެ ސްޓޮކާއި، އޮފީހުގެ ލިޔެކިޔުމުގެ ސްޓޮކް ބެލެހެއްޓުން.

- ހުކުރު ނަމާދާއި، ޢީދު ނަމާދާއި، ކޭތަ ނަމާދާބެހޭ އެންމެހައި ކަންތައް ކުރުން.

- އެކިއެކި ހާދިސާތަކާއި، ކާރިސާތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.

- ސެކްޝަނުން ހަދަންޖެހޭ ރިޕޯޓުތައް (ވާރޭގެ ރިޕޯޓު، މޫސުމާއި މަސްވެރިކަމުގެ ދުވަހު ރިޕޯޓް،

- ފިޝަރީޒް ރިޕޯޓް، އިހީގެ ރިޕޯޓް، ވެލާ ކަހަނބުގެ ރިޕޯޓް، އެގްރިކަލްޗަރ ރިޕޯޓް) ހެދުމާބެހޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- މި މަޤާމަށް  ކުރިމަތިލާން އެދޭ ފަރާތްތަކުން، ތިރީގައިވާ ލިޔުންތަކާއެކު، 2015 މެއި 13 ވާ ބުދަ ދުވަހު އޮފީސް ބަންދުވުމުގެކުރިން ދަޑިމަގު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިއުންތައް: 

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލް

ފަރާތެއް ހޮވުމަށް ބެލޭނެ

ކަންތައްތައް:

- ތަޢުލީމާއި ތަމްރީނު

- މަސައްކަތުގެ ތަޖުރިބާ

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި ސިފަތައް

އިންޓަވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ނޯޓް:

 - ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ.

- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6865085 ނަންބަރު ފޯނާއެވެ.

8 ރަޖަބު 1436    

27 އޭޕްރިލް 2015