ދިވެހިރާއްޖެ
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު |
MBC-PRC/TVM Pro/2015/63 |
ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު
މި ކުންފުނިން ތައްޔާރުކުރާ ބޮޑުތަކުރުފާނު ޑްރާމައިގެ 26 އެޕިސޯޑްގެ ސްކްރީން ޕްލޭ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL) MBC-FP/MBC/2015/94) އިޢުލާނާ ގުޅިގެން ބިޑް ހުށަހެޅުމުގެ މަރުހަލާގައި އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 6 މޭ2015 ވާ ބުދަ ދުވަހުގެ 14:00 އަށް ޕަބްލިކް ސާރވިސް މީޑިއާގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 މެއި 2015 ވާ ބުދަ ދުވަހުގެ 14:00 އަށް ޕަބްލިކް ސާރވިސް މީޑިއާގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެއެވެ.
25 ޖުމާދަލްއާޚިރާ 1436