ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-AC/38/2024/365
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 18:40
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ބައި-އިލެކްޝަން (04 މޭ 2024) - ވޯޓު ކަރުދާސް ޗާޕުކުރެވުނު ގޮތުގެ މަޢުލޫމާތު

(IUL)38-AC/38/2024/365 :ނަންބަރު

އިޢުލާން

ވޯޓު ކަރުދާސް ޗާޕުކުރެވުނު ގޮތުގެ މަޢުލޫމާތު

މ. މަޑުއްވަރީ ކައުންސިލްގެ ރައީސް، ހއ. އުތީމު، ނ. ލަންދޫ، ނ. ވެލިދޫ ކައުންސިލްގެ މެންބަރު އަދި ހއ. ތަކަންދޫ، ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވޯޓުނެގުމަށްޓަކައި ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސްތައް ޗާޕުކޮށްފީމެވެ. މި ވޯޓު ކަރުދާސް ޗާޕުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޗާޕްޚާނާއެއް ކަމުގައިވާ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑުންނެވެ.

ޗާޕްކުރި ވޯޓުކަރުދާހުގެ ތަފްޞީލް:

ޕްރިންޓްކުރި ޖުމްލަ ކަރުދާހުގެ އަދަދު

މަޤާމް

ދާއިރާގެ ކޯޑު

#

675

ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު

A11

1

706

ހއ. އުތީމު ކައުންސިލްގެ މެންބަރު

A12

2

779

ނ. ލަންދޫ ކައުންސިލްގެ މެންބަރު

D5

3

1981

ނ. ވެލިދޫ ކައުންސިލްގެ މެންބަރު

D13

4

627

ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު

E10

5

502

މ. މަޑުއްވަރީ ކައުންސިލްގެ ރައީސް

K8

6

 ވީމާ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 36 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

30 އޭޕްރިލް 2024