ދިވެހިރާއްޖެ
މި އިޢުލާނާއެކުވާ ޗާޓުގައި ފާހަގަކޮށްފައިވާ މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދުގައި ހިމެނޭ ޕާކިންގ ލޮޓްތަކަކީ (ލޮޓް ނަންބަރ 41-122 އަށް) މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ހެވީ ވެހިކަލްތަކަށް ޚާއްސަކުރެވިފައިވާ ޕާކިންގ ލޮޓްކަމުގައިވާތީ މިޕާކިންގ ލޮޓްތައް އާންމު ފަރާތްތަކުގެ ވެހިކަލް ޕާކުކުރެއްވުމަށް ބޭނުންނުކުރެއްވުމަށް ދަންނަވަމެވެ. އަދި އާއްމު ފަރާތްތަކުން އެ ސަރަޙައްދުގައި ވެހިކަލް ބަހައްޓަވާފައިވާނަމަ މިއަދުން ފެށިގެން 3 (ތިނެއް) ދުވަސް ތެރޭ މި ވެހިކަލްތައް ނެންގެވުމަށް ދަންނަވަމެވެ.
މި މުއްދަތުގެ ފަހުން މިގޮތަށް ބަހައްޓާފައިހުރި އާއްމު ފަރާތްތަކުގެ ވެހިކަލްތައް ނެގުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން ކުރިއަށް ގެންދާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
30 އޭޕްރީލް 2024
ނޯޓް: ޗާޓް އެއް ހީރަސް ކުރެވިފައިވާނެވެ.