ދިވެހިރާއްޖެ
މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ (IUL)MMPRC-HR/1/2024/46 :އިޢުލާން ނަންބަރު ވަޒީފާގެ ފުރުޞަތު
|
|
މަޤާމުގެ ނަން: ކޮމްޕެނީ ސެކްރެޓަރީ / ބޯޑް ޕީއޭ |
- މުސާރަ (މަހަކު) :-/13,680 ރުފިޔާ މަހަކު - ސަރވިސް އެލަވަންސް:-/4,788 ރުފިޔާ މަހަކު - ލިވިންގ އެލަވަންސް:-/4,104 ރުފިޔާ މަހަކު - ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް - ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު) - ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު) - ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު) - އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން |
ޑިޕާރޓްމަންޓް / ސެކްޝަން: - |
ބޭނުންވާ އަދަދު: 1 |
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 (މާސްޓަރސް ޑިގްރީ، އެޑްވާންސް ޕްރޮފެޝަނަލް ޑިޕްލޮމާ، އެޑްވާންސް ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުން (ނުވަތަ)، ށ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ބެޗްލާސް ހޮނާސް ޑިގްރީ/ބެޗްލާސް ޑިގްރީ/ޕްރޮފެޝަނަލް ޑިޕްލޮމާ/ ޕްރޮފެޝަނަލް ސެޓްފިކެޓް)ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނުވަތަ)، ނ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ)ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން (ނުވަތަ)، ރ. ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުމާއެކު މަޤާމާއިގުޅޭ ދާއިރާއަކުން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ބ. މިމަޤާމަށް މީހަކު ހޮވުމުގައި ޤާނޫނީދާއިރާއިން ތަޢުލީމާއި މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ހާއްސަ އިސްކަމެއްދެވޭނެއެވެ 2.މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: ހ. ކޯޕަރޭޝަންގެ ބޯޑުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރުން. ށ. ޑިރެކްޓަރުންގެ ބޯޑުގެ މީޓިންތައް، އަހަރީ ޢާންމު ޖަލްސާ އަދި އެގްޒެކެޓިވް މީޓީންގތައް ރާވާ، އިންތިޒާމްކޮށް ކުރިއަށް ގެންދިޔުން. އަދި ޔައުމިއްޔާ ލިޔުން. ނ. ބޯޑުގެ ކޮމިޓީތަކުގެ ބައްދަލުވުންތައް ރާވާ އިންތިޒާމްކުރުން. އަދި ޔައުމިއްޔާ ލިޔުން. ރ. ޑިރެކްޓަރުންގެ ބޯޑުން ނިންމާ ކަންކަން ޑިރެކްޓަރުންގެ ބޯޑުގެ ހުއްދައާއެކު މެނޭޖްމަންޓް އަދި ގުޅުން ހުރި ފަރާތްތަކާއި ހިއްސާކުރުން. ބ.ގުޅުންހުރި އިދާރާތަކަށް ހުށަހަޅަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް، ފޮނުވަންޖެހޭ މުއްދަތުގައި ފޮނުވުން. ޅ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑާ ކުރަންޖެހޭ މުއާމަލާތްތައް ކުރުން. ކ. ބޯޑް މީޓިންގތައް ބާއްވަނީ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ކަން ކަށަވަރުކުރުން. އ. ބޯޑް މެންބަރުންނާއި ޕްރައިވަޓައިޒޭޝަން ބޯޑު އަދި ގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުން. ވ. ބޯޑުގެ ޑިރެކްޓަރުންނާއި މެނޭޖްމަންޓްއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުން. މ.ބޯޑް ޑިރެކްޓަރުންގެ މަސްއޫލިއްޔަތުތަކާ ގުޅިގެން ދޭންޖެހޭ އިރުޝާދާއި އެހީތެރިކަން ދިނުން. ފ. ބޯޑުޑިރެކްޓަރުން ފުރިހަމަކުރަންޖެހޭ ތަމްރީން ޕްރޮގްރާމްތައް ފުރިހަމަކުރުމާއި ގުޅުންހުރި މަސައްކަތްތައް ކުރިއަށްގެންދިއުން. ދ. ކޯޕަރޭޓް ޕްރޮފައިލް ޝީޓް އަޕްޑޭޓް ކުރުމާއި، ޑިރެކްޓަރުންނާއި ކޮމްޕެނީ ސެކްރެޓަރީންގެ މަޢުލޫމާތުގެ ރެޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން. ތ. މެނޭޖިންގ ޑިރެކްޓަރ އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންގެ ޕާފޮރމަންސް އިވެލުއޭޓްކުރުމާއި ގުޅޭ މަސައްކަތްތައް ޕްރައިވަޓައިޒޭޝަން ބޯޑާއި ގުޅިގެން ކުރިއަށް ގެންދިއުމާއި ގުޅުންހުރި ކަންކަން ޤަވާއިދުން ކުރުން. ލ. ބޯޑު ޑިރެކްޓަރުންގެ ރަސްމީ ދަތުރުތަކުގެ ޓްރެވަލް އެރޭންޖްމަންޓްތައް އަދި ޓްރެވަލްއާ ގުޅުން ހުރި ޝެޑިއުލްތައް ކުރިއާލައި ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުން. ގ. މި ކޯޕަރޭޝަނުގެ އިންޓަރނަލް އޮޑިޓް ކުރިއަށް ގެންދިއުމާއި މަސައްކަތް ކުރިއަށްދާ ގޮތް ވިލަރެސްކޮށް ބެލެހެއްޓުން. ޏ. ކޯޕަރޭޓް ގަވަރނަންސް ރިކުއަރމަންޓްތަކާ އެއްގޮތަށް މަސައްކަތް ކުރޭތޯ ކަށަވަރުކޮށް، ބޯޑަށް ރިޕޯޓްކުރުން. ސ. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން. |
|
3.ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 06 މޭ 2024 ވާ ހޯމަ ދުވަހުގެ 14:15 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. |
|
4.ހުށައަޅަންޖެހޭ ލިޔުންތައް: ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން). ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ. ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ. ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް. |
|
5.އިތުރު މަޢުލޫމާތު: ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ. ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ. ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/corporate/wp-content/uploads/2021/02/Employment-Application-1.pdf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ. ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.
6.އެޑްރެސް ކުރައްވާނީ: ފާޠިމަތު ތައުފީޤް، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން |
|
30 އޭޕްރީލް 2024 |