މަސައްކަތް
ނަންބަރު: HDC (161)-A/IU/2015/37
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 18:16
ސުންގަޑި: 07 މޭ 2015 13:00
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް، ހުޅުމާލެ ބާބަކިއު އޭރިއާގައި ފެބްރިކޭޝަންގެ މަސައްކަތްތަކަކާއި، ރެއިލިންގްސް، ބޮލާރޑްސް އަދި ވޭސްޓްބިން ހަރުކޮށްދިނުމުގެ މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ހުޅުމާލޭގައި ހުންނަ މިކޯޕަރޭޝަނުގެ މައިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް (ބިޑް ޑޮކިއުމެންޓްގައި ބަޔާންކުރެވިފައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު) ހުޅުމާލޭގައި ހުންނަ މިކޯޕަރޭޝަނުގެ މައިއޮފީހުގެ މީޓިންގރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގއަށް ހާޒިރު ނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

މިބިޑް ޑޮކިއުމެންޓް މި ކޯޕަރޭޝަންގެ ވެބްސައިޓް http://www.hdc.com.mv/media/announcements.php އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ އެޗް.ޑީ.ސީގެ 3355144/ 3355194 ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

11 ރަޖަބު 1436 

30 އޭޕްރިލް 2015