މަސައްކަތް
ނަންބަރު: (IUL)459-A/1/2015/45
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 18:15
ސުންގަޑި: 03 މޭ 2015 10:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބިލުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީގެ ނަންބަރު: IUL)459-A/1/2015/34) އިޢުލާން ބާޠިލުކޮށް މި މިނިސްޓްރީއަށް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމާބެހޭ ބިލުގެ ޑްރާފްޓް އަޕްޑޭޓްކޮށް ފައިނަލްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރުން

މި މިނިސްޓްރީ އަށް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބިލުގެ ޑްރާފްޓް އަޕްޑޭޓްކޮށް ފައިނަލްކުރުމަށްފަހު އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު: IUL)459-A/1/2015/34) ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 3 މޭ 2015 ވާ އާދީއްތަ ދުވަހުގެ 10:00 އަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް (ވެލާނާގޭގެ 6 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 6 މޭ 2015 ވާ ބުދަ ދުވަހުގެ 10:00 އަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް (ވެލާނާގޭގެ 6 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

9 ރަޖަބު 1436

28 އޭޕްރިލް 2015