ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ހޭލުންތެރި ކުރުމަށް ބޭނުންކުރާނޭ 'ކްލައިމެޓް ޗޭންޖް އެވެއަރނެސް މެޓީރިއަލްސް' ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި މަސައްކަތް ފުރިހަމަ ކުރުމުގައި މައިގަނޑު ގޮތެއްގައި ތިރީގައިވާ ތަކެތި ޑެލިވަރ ކޮށްދޭން ވާނެއެވެ.
- ޑޮކިއުމެންޓްރީ ތައްޔާރުކުރުމުގެ ކުރިން އިންސެޕްޝަން ރިޕޯޓު ހުށަހެޅުން
- ކޮމިއުނިކޭޝަން މެޓީރިއަލް ތަކުގައި ހިމެނޭ ބައިތަކުގެ ތަފުސީލީ ރިޕޯޓު
- ކޮމިއުނިކޭޝަން މެޓީރިއަލް
- ކުރު ޑޮކިއުމެންޓްރީ (10 މިނެޓުގެ)
- 3 ވީޑިއޯ އަދި އޯޑިއޯ ކްލިޕް (30 ސިކުންތުގެ)
- ޕްރިންޓު ކުރެވިފައިވާ 'އިންފޯމޭޝަން ޕެކޭޖް' (އެކި ތީމެޓިކް އޭރިއާ ތަކުން ކަނޑައަޅާފައިވާ އަދަދަކަށް ބްރޯޝަރ އަދި ޕޯސްޓަރ)
މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ 'ޓާމްސް އޮފް ރިފަރެންސް' މިނިސްޓްރީގެ ވެބްސައިޓުން (www.environment.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ހުށަހަޅަންވީ ތަކެތި:
- މަސައްކަތުގެ އަގު:
- ޓެކްނިކަލް ސްޕެސިފިކޭޝަން: މިނިސްޓްރީން ބޭނުންވާ ސްޕެސިފިކޭޝަނަށް ނުފެތޭކަމުގައިވާނަމަ ހުށަހަޅުއްވާ ސްޕެސިފިކޭޝަންގެ ތަފުސީލު
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 45 ދުވަސް ކަމުގައިވުން
- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
- މިފަދަ މަސައްކަތެއް ކުރިން ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން
ބީލަން ހުށަހަޅުއްވާ ސިޓީ އުރައިގައި 'މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ހޭލުންތެރި ކުރުމަށް ބޭނުންކުރާނޭ 'ކްލައިމެޓް ޗޭންޖް އެވެއަރނެސް މެޓީރިއަލްސް' ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދުމާބެހޭ' މިހެން ލިޔެވިފައިވާންވާނެއެވެ.
ބީލަން ހުޅުވުން އޮންނާނީ 10 މޭ 2015 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ 2 ވަނަ ފަންގިފިލާގެ މީޓިންގރޫމުގައެވެ.
ޕްރޮޕޯޒަލް ހުށަހަޅުއްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، ދިވެހިރާއްޖެ
ފޯނު: 3018337 +(960) ނުވަތަ 3018300 +(960)
ފެކްސް: 3018301 +(960)
އީމެއިލް: [email protected]
މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ފޮނުއްވާއިރު ސަބްޖެކްޓްގައި ' މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ހޭލުންތެރި ކުރުމަށް ބޭނުންކުރާނޭ 'ކްލައިމެޓް ޗޭންޖް އެވެއަރނެސް މެޓީރިއަލްސް' ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދުމާބެހޭ' ޖައްސަވާފައި ފޮނުއްވުން އެދެމެވެ.