ދިވެހިރާއްޖެ
ދޫނޑިގަން އަވަށުގެ މިސްކިތްތައް މަރާމާތުކޮށް ބައެއް ތަކެތި ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު IUL)445-CO/445/2015/18) އިޢުލާނާ ގުޅިގެން ދިމާވި އިދާރީ މައްސަލައަކާ ގުޅިގެން، އެއިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ މިކަމަށް ޝައުޤުރިވެލައްވާ ފަރާތްތަކުން 07 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 09:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 މޭ 2015 ވާ ހޯމަ ދުވަހުގެ 09:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބުތައް ހުށަހަޅަންވާނީ ސިޓީއުރައަކަށްލައި ބަންދުކުރުމަށްފަހު އުރައިގެ ބޭރުގައި ދޫނޑިގަމު މިސްކިތްތައް މަރާމާތު ކުރުމާބެހޭ މިގޮތަށް ލިޔެފައެވެ.
- 05 (ފަހެއް) މިސްކިތެއްގެ އެތެރެއާއި ބޭރުގައި ކުލަލުން. (މަސްޖިދުލްޙަޟާރާ، މަސްޖިދުއްސަލާމް، މަސްޖިދުލްއައްވާބް، އަލްޙާފިޟް މުޙައްމަދު އަޙްމަދުދީދީ އަދި މަސްޖިދު މަންހަޖުލްހުދާ)
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެއެވެ.
09 ރަޖަބު 1436