މަސައްކަތް
ނަންބަރު: (IUL)445-CO/445/2015/23
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 18:03
ސުންގަޑި: 05 މޭ 2015 10:00
ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެ މިސްކިތަކަށް ބޭނުންވާ ސައުންޑް ސިސްޓަމް ޤާއިމުކުރުމާބެހޭ

ދޫނޑިގަން އަވަށުގެ ހުކުރުކުރާ ދެ މިސްކިތުގައި ސައުންޑް ސިސްޓަމް ޤާއިމުކުރަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 މޭ 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 މޭ 2015 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބުތައް ހުށަހަޅަންވާނީ ސިޓީއުރައަކަށްލައި ބަންދުކުރުމަށްފަހު އުރައިގެ ބޭރުގައި ސައުންޑް ސިސްޓަމް ޤާއިމުކުރުމާ ބެހޭ މިގޮތަށް ލިޔެފައެވެ.

ސައުންޑް ސިސްޓަމް ޤާއިމުކުރުމަށް ބޭނުންވާ ތަކެތި:

  • 2 އެމްޕްލިފަޔަރ
  • 12 ސްޕީކަރ
  • 2 އޯޑިއޯ މިކްސަރ
  • 600 މީޓަރ ސްޕީކަރ ކޭބަލް
  • 2 ސްޕީކަރ ސެލެކްޓަރ
  • 2 ވަޔަރލެސް މައިކް
  • 2 މައިކްރޯ ފޯނު

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެއެވެ.

09 ރަޖަބު 1436

28 އޭޕްރިލް 2015