މަސައްކަތް
ނަންބަރު: (IUL)30-G/1/2015/51
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 17:54
ސުންގަޑި: 05 މޭ 2015 11:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވީޑިއޯ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ވީޑިއޯ ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަންގެ ހިލޭ އެހީގައި ދިވެހިރާއްޖެއަށް ތައްޔާރުކުރަމުންދާ "ގުޑް އެގްލިކަލްޗަރަލް ޕްރެކްޓިސަސް ފޯ ފްރުޓްސް އެންޑް ވެޖިޓަބަލްސް" (ދަނޑުވެރިކަމުގެ ރަނގަޅު އާދަތައް) ސްކީމާ ގުޅޭ ވީޑިއޯތަކެއް ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިވީޑިއޯތައް ތައްޔާރުކޮށްދިނުމަށް ބޭނުންފުޅުވާ ފަރާތްތަކުން 5 މޭ 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައިވާ މިމިނިސްޓްރީގެ މީޓީންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 މޭ 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލްތައް ހުޅުވޭނީ ހާޒިރުވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ދަންނަވާފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިމިނިސްޓްރީގެ ނަންބަރު 3341836 އަށް ގުޅުއްވުން އެދެމެވެ.

11 ރަޖަބު 1436

30 އޭޕްރިލް 2015