މުބާރާތް
ނަންބަރު: IL/2024/7450
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 12:04
ސުންގަޑި: 16 މޭ 2024 11:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިމާރަތުގައިވާ ބައެއް އެއަރކޮން އައުޓްޑޯ އަދި އިންޑޯ ޔުނިޓްތައް ބަދަލުކުރުން

މި އޮތޯރިޓީން ދޭ މަޢުލޫމާތާ އެއްގޮތަށް، އެއަރކޮން އައުޓްޑޯ އަދި އިންޑޯ ޔުނިޓްތައް ބަދަލު ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓްރީ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، [email protected] ގެ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކޮށް، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓަރ ވުމުގެ ސުންގަޑި

09 މޭ 2024

ބުރާސްފަތި

11:00

އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަޑި

16 މޭ 2024

ބުރާސްފަތި

11:00

އަންދާސީ ހިސާބު ހުށަހެޅުން

23 މޭ 2024

ބުރާސްފަތި

11:00

 

މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ދުވަހުގެ 11:00 އާ ހަމައަށް ބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމުގެ އާރްއެފްޕީ ރަޖިސްޓްރީވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ.

30 އޭޕްރިލް 2024