ދިވެހިރާއްޖެ
ހއ ދިއްދޫ އުތުރުން ބިން ހިއްކާފައިވާ ސަރަޙައްދުގައި ހޭންޑްބޯޅަ ކުޅޭނެ ދަނޑެއް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
(ހ) މި އިޢުލާނުގެ ދަށުން ޤާއިމުކުރެވޭ ހޭންޑްބޯޅަ ދަނޑުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރާ ފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 30 އޭޕްރީލް 2024 ވާ އަންގާރަ ދުވަހުން ފެށިގެން 9 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 އިން 14:00 އަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ.
(ށ) ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 19 މޭ 2024 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގައެވެ. އަދި ބީލަންތައް ބަލައިގަންނާނީ ބީލަން ހުށަހަޅާ ފަރާތްތައް ނުވަތަ ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި ދުރުވާ ފަރާތްތަކުގެ ހާޟިރުވެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. އަދި މި އިޢުލާނުގައި ބުނެފައިވާ މަސައްކަތާއި ގުޅޭ ލިޔުންތައް މި އިޢުލާނާއިއެކު ޢާންމު ކުރީމެވެ.