މަސައްކަތް
ނަންބަރު: GS153/IUL/2024/13
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 09:02
ސުންގަޑި: 08 މޭ 2024 13:00
ހަންޏާމީދޫ ސްކޫލް، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
ޕާރޓިޝަންތައް ނައްޓައި އައުޕާރޓިޝަން ޖަހައި ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:

މި ސްކޫލްގެ ކުލާސްތައް ބައިކުރުމަށް މިހާރު ޖަހާފައިވާ ޕާރޓިޝަންތައް ނައްޓައި އައުޕާރޓިޝަން ޖަހައިދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ. ވީމާ މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރ 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014  (އަމިއްލަ ފަރުންދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން، 30 އޭޕްރީލް 2024 އިން 8 މެއި 2024 ދުވަހުގެ 13:00 އާއި ހަމައަށް، ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ. 

މިމަސައްކަތާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެސަން 9 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އަދި ބީލަން ހުށަހެޅުން 12 މެއި 2024 ވާ އާދިއްތަ ދުވަހު 11:00 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ.

މިޕްރޮޖެކްޓާއިގުޅޭ ބީލަން ފޮތް މި ސްކޫލުން ލިބެން ހުންނާނެއެވެ.

 

ހަންޏާމީދޫ ސްކޫލް / އދ.ހަންޏާމީދޫ

   ފޯން: 6680837

  އީ-މެއިލް: [email protected]

 

21 ޝައްވާލް 1445

30 އޭޕްރިލް 2024