2024 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވި މަތީ ސާނަވީ އިމްތިޙާނުގެ ޖަވާބު ކަރުދާސް މާކުކުރާނެ މާކަރުން ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް ޢާންމުކޮށް އިޢުލާންކުރީމެވެ.
|
ބޭނުންވާ އަދަދު:
|
މަޤާމް
|
ދިވެހި
|
އިސްލާމް
|
މާކަރ
|
1
|
1
|
|
މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް:
|
- މާކިންގ:
12 މެއި 2024 އިން 16 މެއި 2024 އަށް (13:00 އިން 17:00 އަށް)
|
އުޖޫރަ:
|
- މާކަރުންނަށް ކަނޑައެޅިފައިވަނީ މާކުކުރާ ކޮންމެ ކަރުދާހަކަށް: 60.00 (ފަސްދޮޅަސް) ރުފިޔާ
- މާކިންގ މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސް ގޮތުގައި: 1,000.00 (އެއްހާސް) ރުފިޔާ
|
ޝަރުޠު:
|
މާކުކުރުމަށް އެދޭ މީހުންގެ ޝަރުޠު:
- މިއަހަރު، އިމްތިޙާނުގައި ބައިވެރިވެ އިމްތިޙާނު ހަދައިފައިވާ ފަރާތަކަށް ނުވުން
- މާއްދާއާއި ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް އޮތުމާއެކު ކީސްޓޭޖް 4 އަދި 5 ގެ ސިލަބަހަށް ސްކޫލެއްގައި ކިޔަވައިދޭ ފަރާތަކަށްވުން ނުވަތަ ސިލަބަހުގެ މަސައްކަތުގައި މިހާރުވެސް ޢަމަލީގޮތުން މަސައްކަތްކުރާ ފަރާތަކަށްވުން ނުވަތަ ރަސްމީ މަސައްކަތެއްގެ ގޮތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓުމަންޓުގައި ފަންނީ ލަފާދޭ ފަރާތަކަށްވުން ނުވަތަ ދިވެހި/އިސްލާމް ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތް ކުރާ ފަރާތަކަށްވުން
|
މަސްޢޫލިއްޔަތު:
|
1- މާކަރުން: 2024 ވަނަ އަހަރު އޭޕްރީލް މަހުގައި ބޭއްވި މަތީ ސާނަވީ އިމްތިޙާނުގެ ނަތީޖާ ނެރުމަށްޓަކައި އެނަލިސްޓުގެ ލަފަޔާއި އިރުޝާދުގެ ދަށުން ދަރިވަރުންގެ ޖަވާބު ކަރުދާސްތައް މާކުކުރުން
|
މީހުން ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ:
|
- ތަޢުލީމީ ފެންވަރު: %30
- ކިޔަވައި ދިނުމުގެ ތަޖުރިބާ: %20
- މަސައްކަތު ތަޖުރިބާ: %50
|
އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:
|
- މާކަރުން ކަނޑައަޅާނީ މާކަކުރުމުގެ މަސައްކަތަށް އެދޭ ފޯމުން ކަނޑައެޅިފައިވާ އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ ތެރެއިން ކަނޑައަޅާފައިވާ އަދަދަށް.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- މާކިންގެ މަސައްކަތަށް އެދި ހުށަހަޅާ ފޯމު
- ވަނަވަރު (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
- ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ
- ވަޒީފާ އަދާކުރާނަމަ އެކަމުގެ ލިޔުން (03 މަސް ހަމަނުވާ)
|
ސުންގަޑި:
|
2024 މެއި 09 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން
|
އެދެންވީ ގޮތް:
|
- ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ "މާކަކުރުމުގެ މަސައްކަތަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު، ހުށައަޅަންޖެހޭ ޑޮކިއުމަންޓްތަކާއެކު ( ހުރިހާ ޑޮކިއުމަންޓް ތައް ޕީ.ޑީ.އެފް ފައިލްގައި ހިމަނާފައި) ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް އަށް އީ މެއިލް މެދުވެރިކޮށް [email protected] އަށެވެ. ( ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އީ-މެއިލް މެދުވެރިކޮށް)
- މާކުރުމުގެ މަސައްކަތަށް އެދޭ ފޯމު މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި ވެބްސައިޓުން www.dpe.edu.mv ލިބެން ހުންނާނެއެވެ.
- އިތުރު މައުލޫމާތު ހޯއްދެވުމަށް 4003999 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.
|