ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MNU-CA-FM/2015/237
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 17:29
ސުންގަޑި: 03 މޭ 2015 11:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ބައެއް ރެޑީމޭޑް ފަރުނީޗަރ އަދި ހިފާ ގެންގުޅޭ ސާމާނު ގަންނަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބޭނުންވާ ބައެއް ރެޑީމޭޑް ފަރުނީޗަރ އަދި ހިފާ ގެންގުޅޭ ސާމާނު ގަންނަން ބޭނުންވެގެން ކުރި އިޢުލާނަށް ނަންބަރު: MNU-AC-FM/2015/191ފ(21 އެޕްރީލް 2015) އެއްވެސް ފަރާތަކުން އިޖާބަ ދީފައިނުވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އިއުލާން ކުރަމެވެ.  

ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން 03 މޭ 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް، ކަނޑައެޅިފައިވާ ގަޑީގެ އިތުރުން އަންދާސީހިސާބު ބަލައިގަންނަ ދުވަހުގެ ކުރީދުވަހުގެ 15:00 ވަންދެން ދޫކުރެވޭނެއެވެ. ނަމަވެސް އަންދާސީހިސާބު ބަލައިގަންނާނީ އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 06 މޭ 2015 ވާ ބުދަ ދުވަހުގެ 11:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.

10 ރަޖަބު 1436

30 އޭޕްރިލް 2015