ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)249-M/249/2024/34
ޕަބްލިޝްކުރި ތާރީޚް: 29 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 08 މޭ 2024 13:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ޝައުޤުވެރިވާ ހއ. ކެލާގެ ޖަމްޢިއްޔާތަކުން އެކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

 

1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ޝައުޤުވެރިވާ ހއ. ކެލާގެ ޖަމްޢިއްޔާތަކުން އެކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

 

      ކެލާ ކައުންސިލާއި ގުޅިގެން މިއަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ޝައުޤުވެރިވާ ހއ. ކެލާގެ ޖަމްޢިއްޔާ ތަކުން އެކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވަލެވިފައެވެ.

      މި ގޮތުން ހުށަހަޅާ ޕްރޮޕޯސަލް ތައް މި ކައުންސިލުން ބެލުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅުއްވާ ޖަމްޢިއްޔާއަކަށް މާލީ އެހީތެރިކަން ދިނުމަށްވަނީ ހަމަޖެހިފައެވެ.

      ވީމާ، މި ކައުންސިލާއި ގުޅިގެން މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ބޭނުންވެލައްވާ ޖަމްޢިއްޔާތަކުން ޕްރޮޕޯސަލް ތައްޔާރު ކުރެއްވުމަށްފަހު 08 މެއި 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއެކު ޕްރޮޕޯސަލްގައި ހިމަނަން ބޭނުންވާ މައިގަނޑު ބައިތަކާއި ޕްރޮޕޯސަލް އަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

29 އޭޕްރިލް 2024