ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ
ނަމްބަރ:331/331/2024/39(IUL)
އިޢުލާން
ޕްރީސްކޫލަށް ކުދިން ވެއްދުމާއިގުޅޭ
މިކައުންސިލް އިދާރާއިން ހިންގަމުން ގެންދާ ކޮކާކިޑްސް ޕްރީސްކޫލަށް، 2024 ވަނަ އަހަރަށް އަލަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަޠު ހުޅުވާލަމެވެ.
ސްކޫލަށް ދަރިވަރުން ވެއްދުމުގެ އުމުރުފުރާ:
ބޭބީ ނާސަރީ |
31 ޑިސެމްބަރ 2023 އަށް 2 އަހަރުފުރި 3 އަހަރު ނުފުރޭ ކުދިން |
ނާސަރީ |
31 ޑިސެމްބަރ 2023 އަށް 3 އަހަރުފުރި 4 އަހަރު ނުފުރޭ ކުދިން |
ވީމާ، ޕްރީސްކޫލަށް ކުދިންވައްދަން ބޭނުންވާ ބެލެނިވެރީން ތިރީގައިވާ ގޫގަލް ފޯމް ލިންކް މެދުވެރިކޮށް ފޯމު ފުރުއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ ކައުންޓަރުން ދޫކުރާ ސްކޫލަށް ދަރިވަރުން ވެއްދުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 06 މެއި 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6641941 ފޯނާއި ގުޅުއްވުން އެދެމެވެ.
ގޫގަލްފޯމްލިންކް: https://forms.gle/pyRpmNFsDYqrGujN6