ދިވެހިރާއްޖެ
(IUL)337/337/2024/25 ނަންބަރ
އިޢުލާން
ކ.މާފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ "އަންހެނުންގެ އުފާ" ބިމުގައި ގެސްޓްހައުސްއެއް އިމާރާތްކޮށް ހިންގުމާއި ގުޅޭ
ގެސްޓްހައުސް ހަދާ ހިންގުމަށް ކ. މާފުށީ ވަލުމަގުގެ އެންމެ ހުޅަނގު ދެކުނު ކަންމަތީ، އާބާދީ ހިގުން މަގާއި ގުޅޭ ހިސާބުގައި އޮންނަ ކ.މާފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ "އަންހެނުންގެ އުފާ" ނަމުގައިވާ 4600 އަކަފޫޓްގެ ބިން، 30 (ތިރީސް) އަހަރުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށް، ބޭނުންވެއެވެ.
ވީމާ، މިބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބިޑުފޮތް ގަތުމަށާއި، ބިޑުހުށަހެޅުމަށް ދަޢުވަތު ހުޅުވާލަމެވެ.
ބިޑުފޮތް ވިއްކުން: |
29 އެޕްރީލް 2024 ވަނަ ދުވަހުން ފެށިގެން 16 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13:00 އަށް މިކައުންސިލްގެ ރިސެޕްޝަނުން ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިޑުފޮތެއްގެ އަގަކީ 15,000ރ (ފަނަރަހާސްރުފިޔާ) އަށެވެ. |
ބިޑު ބަލައިގަތުން: |
30 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާގެ މީޓިން ރޫމްގައި އޮންނާނެއެވެ.
|
ބިޑު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބިޑުފޮތް ބައްލަވައި ނުގަންނަވާފަރާތްތަކާއި ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އަދި [email protected] މެއިލްއަށް ސީސީ ކުރެއްވުމަށް އެދެމެވެ. ނުވަތަ 6640073 ނަންބަރަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
19 شَوَّال 1445
28 އެޕްރީލް 2024