މަސައްކަތް
ނަންބަރު: (IUL)221-ASS/221/2024/14
ޕަބްލިޝްކުރި ތާރީޚް: 29 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި: 07 މޭ 2024 13:00
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ލޯކަލް ގަވަރމަންޓް އޮތޯރިޓީ ހިންގަމުންގެންދާ އޮފީސް އިމާރާތުގެ 5 ވަނަ ފަންގިފިލާގައި ޓައިލްސް ކާޕެޓް އަޅައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މި އޮތޯރިޓީންދޭ މައުލޫމާތާއި އެއްގޮތަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ ހިންގަމުންގެންދާ އޮފީސް އިމާރާތުގެ 5 ވަނަ ފަންގިފިލާގައި ޓައިލްސް ކާޕެޓް އަޅައިދޭނެ ފަރާތެއް ހޯދަންބޭނުން ވެއްޖެއެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް މައުލޫމާތު ޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ.

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2024 އޭޕްރިލް 29 ވާ ހޯމަ ދުވަހުން ފެށިގެން 2024 މޭ 07 ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/NgibJDnfDV

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

29 އޭޕްރިލް 2024