ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-CA/417/2024/79
ޕަބްލިޝްކުރި ތާރީޚް: 29 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 10:59
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ހަވީރާއި ގުޅިގެން ގާޑިޔާ ބެހެއްޓުމުގެ ފުރުސަތު ހުޅުވާލުން

2024 ވަނަ އަހަރުގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތް ކުރިއަށްދާ ވަގުތު އެސަރަޙައްދުގައި ކާބޯތަކެތީގެ 03 ގާޑިޔާ ބެހެއްޓުމަށް ބޭނުންވެއެވެ. އެގޮތުން ބެހެއްޓޭ ގާޑިޔާގެ ބާވަތްތަކުގެ ތަފްސީލް ތިރީގައިމިވަނީއެވެ.

  • ކާތަކެތި -2 ގާޑިޔާ
  • ބުއިން -1 ގާޑިޔާ

ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ނަންނޯޓް ކުރައްވައި ރަޖިސްޓްރޭޝަން ފީ ދައްކަވާ 03 ފަރާތަކަށެވެ. ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ކޮންމެ ގާޑީޔާއަކަށް 200ރ (ދުއިސައްތަ ރުފިޔާ) ގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ގާޑިޔާ ބެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 މެއި 05 ވާ އާތީއްދަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނަންނޯޓް ކުރައްވާ ރަޖިސްޓްރޭޝަން ފީ ދެއްކެވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                     

29 އޭޕްރިލް 2024