ބީލަން
ނަންބަރު: (IUL)364/2024/20
ޕަބްލިޝްކުރި ތާރީޚް: 29 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 10:10
ސުންގަޑި: 15 މޭ 2024 13:00
މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަކަތައިގެ ވިޔަފާރިއަށް ބިން ކުއްޔަށް ދޫކުރުން

ތެލާއި، ގޭހުގެ ބާވަތްތައް ވިއްކުމަށް ރަށުގެ ބަނދަރުގެ އިރުމަތީކޮޅުން (އައިސްޕްލާންޓުގެ ދެކުނުން) 2000 އަކަފޫޓުގެ ބިމެއް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. ބިން ދޫކުރުމުގައި ޢަމަލުކުރެވޭނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ޢާއްމުކުރަށްވާފައިވާ "ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާއިބެހޭ ޤަވާޢިދު" އާއި މިކައުންސިލުން އެކުލަވާލާފައިވާ ހަކަތައިގެ ވިޔަފާރިއަށް ބިން ކުއްޔަށް ދޫކުރުމުގެ އުޞޫލަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 މޭ 2024 ވާ ބުދަ ދުވަހުގެ 13:00 އަށް ކައުންސިލަށް ދުރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ، ބިޑު ހުށަހަޅާނީ ސިޓީ އުރައިގެ ބޭރުގައި "ހަކަތައިގެ ވިޔަފާރިއަށް ދޫކުރާ ބިން ކުއްޔަށް ހިފުމުގެ ޕްރޮޕޯސަލް" ލިޔެ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގަ އެވެ. އިޢުލާނާއި އެކު ބީލަން ފޯމާއި، ހަކަތައިގެ ވިޔަފާރިއަށް ބިން ކުއްޔަށް ދޫކުރުމުގެ އުޞޫލު ޢާއްމުކުރީމެވެ.

29 އޭޕްރިލް 2024