ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)328-HR/328/2024/44
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 17:57
ސުންގަޑި: 09 މޭ 2024 13:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަބުރުސްތާނު ވިނަނޮޅާ ސާފުކުރުމަށް 2 (ދޭއް) މުވައްޒަފުން ހޯދުން -ވަގުތީ

ވަޒީފާގެ ފުރުޞަތު

ކައުންސިލް އެސިސްޓެންޓް (ވޭޖް އުޞޫލުން 08 މަސް)

މަޤާމް:

ކައުންސިލް އެސިސްޓެންޓް

މަޤާމްގެ ނަމްބަރު:

-

ބޭނުންވާ ޢަދަދު:

02 (ދޭއް)

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކް:

SS1

މަޤާމުގެ ކުލެސިފިކޭޝަން:

ސަޕޯރޓް ސަރވިސް

މަސައްކަތް ކުރަންޖެހޭ ތަން

 

ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ

ހިއުމަންރިސޯސް ސެކްޝަން

މުސާރަ:

މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް 38.89 ރުފިޔާ

މަސައްކަތްކުރަންޖެހޭ ވަގުތާއި އެހެނިހެން

އެހެނިހެން އެލަވަންސް

ރަސްމީ ބަނދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން 09:00ށް މަސައްކަތް ކުރަންޖެހޭނެއެވެ.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ·         ކުރެންދޫ 1 ނަމްބަރު ޤަބުރުސްތާނާއި، 2 ނަމްބަރު ޤަބުރުސްތާނާއި،ޒިޔާރަތް ވިނަނޮޅާ ސާފުކުރުން.
  • ·         ކޮންމެ ދުވަހަކު ޑިއުޓީލޮގް ބެލެހެއްޓުން.
  • ·         މަސައްކަތު ގަޑީގައި އާދަޔާ ޙިލާފު ކަމެއް ހިނގާފިނަމަ މިއިދާރާގެ ކަމާއިބެހޭ ވެރިޔަކަށް ލަސްނުކޮށް އެންގުން
  • ·         ވިނަތައް ނޮޅާ ސާފު ކުރުމަށްފަހު މިއިދާރާއިން އަންގާ ގޮތެއްގެ މަތިން ކުނިތައް ނައްތާލުމުގެ އިންތިޒާމް ހަމަޖެއްސުން
  • ·         ޙާއްސަ މުނާސަބަތުތަކާއި ގުޅިގެންނާއި އިދާރާއިން އަންގާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުތުތައް:

1-      ލިޔަންކިޔަން ދަތުމާއި އެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. 1.      ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (މިފޯމް ކުރެންދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ)
  2. 2.      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. 3.      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގާދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުން ކިޔަން އެނގޭފަދަ ކޮޕީއެއް)
  4. 4.      ސިވިލް ސަރވިސް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްލާފައިވާ ލިޔުން.
  5. 5.      ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ތަޢުލީމީ ސެޓްފިކެޓްތައް ނެތްނަމަ ލިޔަންކިޔަން އެގޭނތޯ ބެލުމުގެ ޓެސްޓް ދެވޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

1-       މިފަދަ ވަޒީފާ އެއްގައި އުޅެތަޖުރިބާ ލިބިފައިވުން

2-       ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން

 

އިންޓރަވިއު މިމަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ އިންޓަރވިއު އޮންނަ ތާރީޚެއް މިއިދާރާ އިން އަންގާނެ ވާހަކަ ދަންނަވަމެވެ.

  • ·         އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:09 މޭ 2024 (ބުރާސްފަތި) ދުވަހުގެ 13:00ގެ ކުރިން ފާދިއްޕޮޅު ކުރެންދޫކައުންސިލްގެ އިދާރާ އަށެވެ.
  • ·         ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ފުރިހަމަކޮށްފައިވާ އެޕްލިކެޝަން ފޯމް.

2-      ސިވިލްސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިޢުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

3-      ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދަރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް

5-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6620450،6620460  ފޯނާއެވެ.

އީމެއިލް އެޑްރެހަކީ[email protected] : އެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

28 އޭޕްރިލް 2024