ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)MAI-109/MAI/2024/48
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 05 މޭ 2024 14:00
އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
10 ކޮމޕިއުޓަރ ސިސްޓަމް ގަތުމަށް ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. މި މަދަރުސާއަށް 10 ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް ބޭނުންވެއެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. ބީލަންފޮތް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.

2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 އޭޕްރީލް 28 އިން 2024 މެއި 05 އަށް ބަންދުނޫން ދުވަސްތަކުގެ 08:00 އިން 14:00 އަށް މިސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. 

3. މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 މެއި 06 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2024 މެއި 07 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގައި އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ މީޓިންގ ރޫމްގައެވެ.

5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ

[email protected]

މެދުޒިޔާރަތްމަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3016660

28 އޭޕްރިލް 2024