ދިވެހިރާއްޖެ
މި އިޢުލާންވަނީ 28 އޭޕްރިލް 2024 13:12 ގައި ބާތިލް ކުރެވިފައެވެ.
މިކޯޓުގެ ބައެއް މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މިކޯޓުގެ ތިރީގައިވާ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
1.1. ކޯޓު ރޫމް ސްޓޭޖްހެދުން
1.2. ކޯޓުރޫމް ސީލިންގ ބަދަލުކުރުން
1.3. ކޯޓުރޫމްގައި ކާޕެޓް އެޅުން
1.4. ކޯޓުރޫމް ދޮރާއި ދޮރުފަތްތައް ބަދަލުކުރުން
- މި މަސައްކަތް ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.
2.1- ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން 2.2 ގައި ބަޔާންކުރާ ފަރާތްތަކަށެވެ.
I. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.
II. ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
III. ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.
IV. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
2.2- 2.1 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް.
- މިމަސައްކަތާ ގުޅޭ ތަފްޞީލް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 އޭޕްރިލް 30 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިކޯޓު (ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު) ގައެވެ.މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ 2024 މެއި 5 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިކޯޓު (ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު) ގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު، ހދ.ހަނިމާދޫ ދިވެހިރާއްޖެ ،ފޯން: 6520073 ، 6521679
އީ-މެއިލް: [email protected]
19 ޝައްވާލު 1445
28 އޭޕްރިލް 2024