ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)113-FD/ 1 /2024/ 57
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 13:01
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ހުޅަނގު ދެކުނު ބަނދަރަށް(ޓީ-ޖެޓީ) ސަރަހައްދަށް އެއްގަމު ދުއްވާ އުޅަނދު ފަހަރު ވަނުމަށް މިހާރު ނަގަމުންދާ ފީ އަށް ބަދަލު އައުމާއި ގުޅޭ.

   މި ކުންފުނީގެ ނަންބަރު FD/1/2023/ 38  ( 01 މާރިޗް 2023 ) އިއުލާން އާ ހަވާލާ ދީ ދަންނަވަމެވެ.       

މާލޭ ހުޅަނގު ދެކުނު ބަނދަރަށް(ޓީ-ޖެޓީ) ސަރަހައްދަށް އެއްގަމު ދުއްވާ އުޅަނދު ފަހަރު ވަނުމަށް މިހާރު ނަގަމުންދާ 10 ރުފިޔާގެ ބަދަލުގައި 01 ޖޫން 2024 އިން ފެށިގެން އުޅަނދުފަހަރު ހާބަރަށް ވަންނަ ކޮންމެ ފަހަރަކު 5 ރުފިޔާ ނެގުމަށް މި ކުންފުނިން ވަނީ ނިންމާފައެވެ. އަދި މި   ކުންފުނީގެ ފައިސާ ބަލައިގަތުމުގެ ނިޒާމް ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢުގެ ދަށުން މި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޑެބިޓް އަދި ކްރެޑިޓް ކާޑް އިން ކަމުގައި ޚިދުމަތް ހޯދާ އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

 

5 ރުފިޔާ (ޖީ.އެސް.ޓީ ހިމަނައިގެން)

ޓީ-ޖެޓީ އަށް ވަންނަ އެއްގަމުގައި ދުއްވާ އުޅަނދުފަހަރުތައް ހާބަރަށް ވަންނަ ކޮންމެ ފަހަރަކު

28 އޭޕްރިލް 2024