ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)56-CAS/1/2015/22
ޕަބްލިޝްކުރި ތާރީޚް: 08 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 10 މޭ 2015 14:00
ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

މަޤާމުގެ ނަން: އެސިސްޓެންޓް ލައިބްރޭރިއަން

މުސާރަ: -/4465 ރުފިޔާ

ސާރވިސް އެލަވަންސް: -/1500 ރުފިޔާ

ރޭންކް: ޖީ.އެސް 3

ކްލެސިފިކޭޝަން:  އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

ސެކްޝަން: ޑިޖިޓައިޒޭޝަން އެންޑް ޓްރެއިނިންގ ސެކްޝަން

މަސައްކަތް ކުރަންޖެހޭ ތަން: ޤައުމީކުތުބުޚާނާ، މާލެ

ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • ސާނަވީ އިންތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ޓްރޭނިންގ ހިންގުމުގައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.
  • އިންސްޓިޓިއުޓް އޮފް ލައިބްރަރީ އެންޑް އިންފޮރމޭޝަން ސަރވިސަސްގެ ސްޓެޓިސްޓިކްސް ކޮމްޕައިލްކުރުން.
  • ޓްރެއިނިން ރިޕޯޓު އަދި ސްޓެޓިސްޓިކްސް ތައްޔާރުކުރުމުގައި އެހީވުން.
  • ޓްރޭނިންގ އިވެލުއޭޝަން ބަލަހައްޓާ ކޮމްޕައިލްކުރުން.
  • ޓްރެއިނިންތަކުގެ ރެކޯޑު/ އާކައިވް ފައިލްތައް ބެލެހެއްޓުން.
  • އިންޓާނަލް އަދި އެކްސްޓާނަލް ޓްރޭނިންގ ޕްރޮގްރާމްތައް ރާވާ ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވުން.
  • ސެކްޝަނުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތުގައި އެހީތެރިވުން.

ނޯޓް: މިމަޤާމަށް މީހުން ހޮވުމުގައި ލައިބްރަރީ ދާއިރާގެ ތަޢުލީމާއި ތަޖުރިބާހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

އިންޓަރވިއު: މި މަޤާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަނުވާ ފަރާތްތަކަށް، އިޢުލާނުގެ މުއްދަތު ހަމަވާތާ، މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އަދި މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 20 ދުވަހުގެ ތެރޭގައި ޤައުމީކުތުބުޚާނާގައި އޮންނާނެއެވެ. މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާ ދުވަސް، މި މުއްދަތުގެ ތެރޭގައި، 24 ގަޑިއިރު ކުރިން އެންގޭނެއެވެ.

އުޖޫރައާއި އިނާޔަތްތައް: އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • އިންޓަވިއުއަށް ހާޒިރުވާއިރު ލިބިފައިވާ ސެޓްފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

ފޯމު ފޮނުއްވަންވީ ތާރީޚު: 2015 މޭ 10 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ޤައުމީކުތުބުޚާނާ އަށް. (މެދުޒިޔާރަތްމަގަށް ހުންނަ ދާރުލްއާޘާރުގެ އިމާރާތް)

  • ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (ޤައުމީ ކުތުބުޚާނާގެ ކައުންޓަރުން، ވެބްސައިޓް www.nlm.gov.mv އިން އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ފޯމު ލިބެން ހުންނާނެއެވެ. )
  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، ރަސްމީ ގަޑީގައި، 3323943 ނަންބަރު ފޯނާއެވެ. 

08 ރަޖަބު 1436

08 އޭޕްރިލް 2015