ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)269/269/2024/35
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 12:30
ސުންގަޑި:
16 މޭ 2024 00:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް ފޯމް ހުށަހަޅާފައިނުވާ ދަނޑުބިންތައް ހުސްކުރުމާ ގުޅޭ
މި އިޢުލާނާއި އެކު އެވާ ލިސްޓްގައި އެވަނީ ހުސް ދަނޑުބިންތަކާއި އަދި ކުރިން ދަނޑުވެރިކަން ކުރުމަށް ދޫކުރެވި، އެދަނޑުބިން ދޫކުރެވިފައިވާ ފަރާތްތަކުން ދަނޑުބިން ބޭނުންވެގެން ފޯމް ހުށަހަޅާފައި ނުވާ ދަނޑުބިންތަކެވެ. މިލިސްޓްގައިވާ ދަނޑުބިންތަކުގައި ވާ އެންމެހާ ތަކެތި އެ ތަކެތީގެ ވެރިފަރާތުން 15 މެއި 2024 ވާ ބުދަދުވަހުގެ ކުރިން ނަންގަވާ ނިންމެވުން އެދެމެވެ.
މި މުއްދަތުގެ ތެރޭގައި ނުގެންދަވާ ތަކެތި އެއީ ވެރިފަރާތުން ބޭނުންނުވާ ތަކެތިކަމަށް ބަލާ ނައްތާލެވޭނެ ކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮން އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.
28 އޭޕްރިލް 2024