މަސައްކަތް
ނަންބަރު: GS-184/IUL/2024/004
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 12:02
ސުންގަޑި: 05 މޭ 2024 14:00
ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
ހޯލް އިމާރަތުގެ 3 ކުލާސްރޫމުގައި މުށިޖެހުމުގެ މަސައްކަތް

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ކުނަހަންދޫ ސްކޫލްގެ ހޯލްހިމެނޭ ޢިމާރާތުގެ 3 ކުލާސްރޫމްގައި ތަށިމުށިޖެހުން

  1. މި ސްކޫލުގެ ހޯލްހިމެނޭ ޢިމާރާތުގެ 3 ކުލާސްރޫމުގައި ތަށިމުށި ޖަހާދޭނޭ ފަރާދެއް ހޯދަންބޭނުންވެއެވެ. އެހެންކަމުން، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2024 އޭޕްރީލް 28 ން 2024 މޭއި 05 ގެ ނިޔަލަށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

  1. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 މޭއި 02 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 މޭއި 08 ވަނަ ދުވަހުގެ 13:00 ގައިމި ސްކޫލުގެ އޭ،ވީ ރޫމުގައެވެ.
  3. ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 5,000/-ރ.(ފަސްހާސްރުފިޔާ) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
  4. މިޕްރޮކިއުމަންޓާގުޅޭ ބީލަންފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  5. މި ޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކުނަހަންދޫ ސްކޫލް

ލ. ކުނަހަންދޫ

ދިވެހިރާއްޖެ.                                                             

ފޯން:  6800744/9686661

އީ-މެއިލް: [email protected]

ކޮޕީ-މެއިލް:

19 ޝައްވާލް 1445

28 އޭޕްރީލް 2024

28 އޭޕްރިލް 2024