ދިވެހިރާއްޖެ
ފުވައްމުލަކު ބަންޑާރަ ކިޅީގައިވާ ޢިމާރާތްތައް ކުއްޔަށް ދިނުމާ ގުޅޭގޮތުން ކުރެވުނު ނަންބަރު IUL)243-S01/INDIV/2015/13) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ފުވައްމުލަކު ބަންޑާރަ ކިޅީގައިވާ އިމާރާތްތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން 2015 މޭ 07 ވާ ބުރާސްތި ދުވަހުގެ 14:00 ގައި ފުވައްމުލަކު އަތޮޅުގޭގެ މީޓިން ރޫމްގައި އޮންނާނެއެވެ. ބަންޑާރަ ކިޅި ކުއްޔަށް ހިފުމާ ބެހޭ ބީލަން ފޮތް 2015 އެޕްރީލް 30 ވަނަ ދުވަހުން ފެށިގެން 2015 މޭ 07 ވާ ބުރާސްތި ދުވަހުގެ 13:00 އާ ހަމަޔަށް ސޮފްޓްކޮޕީ ފޯމެޓްގައި ފުވައްމުލަކު އަތޮޅުކައުންސިލް އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. ބީލަން ފޮތެއްގެ އަގަކީ -/2000 (ދެހާސް ރުފިޔާ) އެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 މޭ 12 ވާ އަންގާރަ ދުވަހުގެ 14:00 އަށް ފުވައްމުލަކު އަތޮޅުގެ މީޓިންގ ރޫމަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
ބީލަން ފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރުމުގައި ޕޮއިންޓް ދޭން ހަމަޖެހިފައިވާ އުސޫލުތައް ތިރީގައި މިވަނީއެވެ.
1. |
ތަނުގެ ކުލި |
40 |
2. |
މާލީ ޤާބިލުކަން |
20 |
3. |
ތަޖުރިބާ |
10 |
4. |
ވަޒީފާ އުފައްދާ މިންވަރު |
05 |
5. |
ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ |
05 |
6. |
އިންވެސްޓްމަންޓް |
20 |
07 ރަޖަބު 1436