މަޤާމުގެ މަސްއޫލިއްޔަތު:
|
- ދުވަހުން ދުވަހަށް ސްޓޮކް ބާކީކޮށް، ސްޓޮކަށް ވައްދާ، އެތަކެތި ސްޓޮކް ފޮތުގައި ނޯޓް ކުރުން.
- ހަމަޖެހިފައިވާ ގަޑިތަކުގައި ސްޓޮކުން ތަކެތި ދޫކުރުން.
- ސްޓޮކަށް ތަކެތި ހޯދުމަށް އެދޭ ފޯމް (ކަމާބެހޭ ވެރިއެއްގެ މަޝްވަރާގެ މަތިން) ފުރިހަމަކޮށް، ކަމާބެހޭ ސެކްޝަނާ ހަވާލުކުރުން.
- ތަކެތި އޯޑަރުކުރުމަށް ހަމަޖެހިފައިވާ ލެވެލަށް ތަކެތީގެ އަދަދު ތިރިވުމުން، އެތަކެތި ހޯދުމަށް (ކަމާބެހޭ ވެރިއެއްގެ މަޝްވަރާގެ މަތިން) ޕްރޮކިއުމަންޓް ސެކްޝަނުގައި އެދުން.
- ސްޓޮކަށް ތަކެތި ހަވާލުކުރާ މުވައްޒަފުން ލައްވާ އެތަކެތި އެމުވައްޒަފާ ހަވާލުކުރިކަމަށް ސޮއިކުރުވުން.
- ސެކްޝަނަށް ލިބޭ ލިޔުންތަކާ ހަވާލުވެ، އެކަމާބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުއަޅައި، މައްސަލަ ނިމުމުން، ކަމާބެހޭ ލިޔުންތައް ފައިލްކުރުން.
- އިންވެންޓްރީ ބެލެހެއްޓުން (އިންވެންޓްރީއަށް ތަކެތި ވައްދައި، ވައްދާ ތަކެތީގައި ނަންބަރު ޖެހުން)
- އިދާރީ މަރުކަޒުގެ ޕީ.ޢޭ.ބީ.އެކްސްއަށް އަންނަ ފޯނަތަކަށް ޖަވާބުދީ، ފޯނަކުރާ ފަރާތްތަކުން ކުރާ ސުވާލުތަކަށް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދިނުން.
- އިދާރީ މަރުކަޒަށް ލިބޭ ތަކެތި ބަލައިގަނެ، އެތަކެތި އެންޓްރީކޮށް، ކަމާބެހޭ ސެކްޝަންތަކަށް، ލަސްވެގެން އެއްދުވަހުގެ ތެރޭގައި ހަވާލުލުރުން.
- އަވަސް ސިޓީ/ޗިޓް އަދި ބިލް ފަދަ ތަކެތި ލިބުމުން، ކަމާބެހޭ ސެކްޝަނަށް އެކަން ލަސްނުކޮށް އެންގުން.
- ޑިސްޕެޗުގެ ކަންކަން ކުރުން.
- މަރުކަޒީ އިދާރާއަށް ބޭރުން ވަޑައިގަންނަވާ ބޭފުޅުން ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތު/ ބައްއްދަލުކުރައްވަން ބޭނުންފުޅުވާ ފަރާތެއް ކަމާބެހޭ ބޭފުޅަކާ ގުޅިގެން ހަމަޖެއްސުން.
- ސަލާމް ބުނާ މުވައްޒަފުންނާއި، ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް، ވެރިން އަންގާ ގޮތުގެ މަތިން ކުރުން
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަވިޔުކޮށް ނިމުމަށްފަހުގައެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
2015 މޭ 7 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345157 ނަންބަރު ފޯނާއެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|
11 ރަޖަބު 1436
|