ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)392-ADM/392/2024/15
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 09:58
ސުންގަޑި: 07 މޭ 2024 14:00
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ކައުންސިލް އޮފިސަރ

މަޤާމް:

އެސިސްޓެންޓް ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-382110

ބޭނުންވާ ޢަދަދު

01 (އެކެއް)

މަޤާމްގެ ގިންތި:

ދާއިމީ

މަޤާމްގެ ރޭންކް:

ޖީ. އެސް. 3

މަޤާމްގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލް އިދާރާ / ތ.ވޭމަންޑޫ

ސެކްޝަން:

ކޯޕަރޭޓިވް އެފެއާޒް ޔުނިޓް

މުސާރަ:

4465.00 ރުފިޔާ

ސަރވިސް އެލަވަންސް:

1500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

 

 

 

 

 

 

 

 

 

1-      ސަޕޯޓިންގ ކޯ އެލެވަންސް 2 ގެ ގޮތުގައި މަހަކު -/700 ރުފިޔާ

.

2-      ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ޕެންޝަން ކޮންޓްރިބިއުޝަން.

 

3-      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

4-      ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުވައްޒަފަށް ލިބޭ މުސާރައިގެ %35

 

5-      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

1-  ކައުންސިލްގެ ބިއުރޯގައި މަސައްކަތް ކުރުމާއި، ކައުންސިލްގެ ބައްދަލުވުންތަކަށް ޙާޟިރުވުމާއި، ބިއުރޯގެ ލިޔެކިއުންތައް ބެލެހެއްޓުން.

1-      ކައުންސިލްގެ ޕާރފޯމަންސް އިންޑެކްސްއާއި ގުޅުންހުރި އެންމެހައި މަސައްކަތް ކުރުން.

2-      ލާމަރުކަޒީ ގާނޫނާއެއްގޮތަށް، ކައުންސިލްގެ 6 މަސްދުވަހުގެ ރިޕޯޓާއި، އަހަރީ ރިޕޯޓް އެޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

3-      ކައުންސިލަރުންނާއި ބައްދަލުކުރަން އަންނަ ރަސްމީ އަދި ޢާއްމު ފަރާތްތަކަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމާއި، ކައުންސިލުން ކުރަންޖެހޭ ރަސްމީ ދަތުރުތަކުގެ އިންތިޒާމް ހަމަޖެއްސުމާއި، ދަތުރުތަކުގައި ބައިވެރިވުން.

4-      ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ މެންބަރުންލައްވާ ސޮއިކުރުވައި ފަސޭހައިން ފެންނާނެގޮތަށް ފައިލްކުރަމުން ގެންދިޔުން.

5-      އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމިޓީގެ ބައްދަލުވުންތަކާއި، ކޮމިޓީގެ އިދާރީ ކަންކަމުގައި އެހީތެރިވެދިނުން.

6-      ކައުންސިލުގެ މަސައްކަތާއި ގުޅޭ ރެކޯޑުތައް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި، ކައުންސިލުން/ސެކްރެޓަރީ ޖެނެރަލް އަންގާ ގޮތުގެ މަތިން މީޑިޔާއާއި ހިއްޞާކުރަންޖެހޭ މަޢުލޫމާތު ތައްޔާރުކުރުން.

7-      ކައުންސިލް މެމްބަރުންގެ ޙާޟިރީ ރިޕޯރޓާއި، ޗުއްޓީ ރެކޯޑު ބެލެހެއްޓުން.

8-      ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުނަތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ސެކުރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.

9-      ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒު ކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

10-  ކައުންސިލުން އިންތިޒާމް ކުރަންޖެހޭ ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުން.

މަޤާމްގެ ޝަރުތުތައް:

 

 

 

 

 

 

 

1- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،

 

2- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

މަގާމުގެ މަސައްކަތު ދާއިރާ

-          އެޑްމިނިސްޓްރޭޝަން

-          މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

1-      ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ވަޒީފާއަށް އެދޭ ފޯމް ޑައުންލޯޑް ކުރެއްވުމަށް މި ލިންކަށް ކްލިކް ކޮށްލައްވާށެވެ.

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯން ނަންބަރާއި، އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް )

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4-      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-      ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ .

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6- މަސައްކަތު ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.

 

 

 

 

 

 

 

އަސާސީ ޝަރުތު ހަމަވުން

30%

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

5%

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5%

އެސެސްމަންޓް (އިމްތިނާހު ނުވަތަ ޕްރެކްޓިކަލް)

25%

އިންޓަރވިއު

35%

 

ނޯޓް: މަޤާމަށް އައްޔަންކުރެ ވޭނީ،ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ %60 (ފަސްދޮޅަސް) އިންސައްތަ އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 މޭ 2024 ވާ އަންގާރަ ދުވަހުގެ 14:00  ގެ ކުރިން ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލް އިދާރާއަށެވެ. އަދި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ހުށަހެޅޭނެއެވެ.

އަދި އިޢްލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް  ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޚާން އޮންނާނީ  19 މޭ 2024 އާއި 21 މޭ 2024 އާއި ދެމެދު ވޭމަންޑޫ ކައުންސިލް އިދާރާގައި، ނުވަތަ "ވީޑިއޯ ކޮންފަރެންސް " މެދުވެރިކޮށެވެ. ވުމާއެކު،އެ މުއްދަތުގައި އިންޓަވިއުއަށް ތައްޔާރުވެ ތިބުމައް ދަންނަވަމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ( A2 ޝީޓް) ޢާންމު ކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) ޢާންމުކޮށް ފެންނާނެހެން މިއިދާރާގައި އަދި އިދާރާގެ ނޯޓިސްބޯޑުގައި ޢާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢްލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780083 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސް ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް އުޞޫލުތައް " ރެކްރޫޓްމެންޓް އުޞޫލު" https://www.csc.gov.mv/Policy/Index/51 (https://ww.csc.gov.mv/Policy/Index/51) )) އިން ލިބެން ހުންނާނެއެވެ.

28 އޭޕްރިލް 2024